ކ. މާލެ
|
20 މާރޗް 2019 | ބުދަ 17:11
ރ. މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ނަޝީދު ވާހަކަ ދައްކަވަނީ
ރ. މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ނަޝީދު ވާހަކަ ދައްކަވަނީ
އެމްޑީޕީ
ރައްޔިތުންގެ މަޖިލިސް 2019
ރާއްޖޭގައި އިންސާފު ޤާއިމު ނުކުރެވި ބޭނުންވާ ބަދަލެއް ނުހޯދޭނެ: ނަޝީދު
އަނަސްގެ މަރަކީ އެންމެ ބޮޑަށް ގޮތް ނޭނގޭ ގޮތަކަށް ހިނގާފައިވާ މަރު

ރާއްޖޭގައި އިންސާފު ޤާއިމުނުކުރެވި ބޭނުންވާ ބަދަލު ނުހޯދޭނެ ކަމަށް އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޝިހާމްގެ ކެމްޕެއިން ޖަލްސާގައި ރ. މަޑުއްވަރީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މީދޫއަށް ނިސްބަތްވާ ޒުވާނާ، މުހައްމަދު އަނަސް ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހުއްޓާ ވަޅިން ހަމަލާދީ މަރާލި މައްސަލައަށް އިންސާފު ނުލިބިވާކަން ފާހަގަ ކުރައްވާފައެވެ.

އަނަސްގެ މަރަކީ އެންމެ ބޮޑަށް ގޮތް ނޭނގޭ ގޮތަކަށް ހިނގާފައިވާ މަރު ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގޮތް ނޭނގޭ މަރުތައް ތަހުޤީޤު ކުރުމަށް ކޮމިޝަނެއް އެކުލަވާލާ، އެ ކޮމިޝަންގެ ފަރާތުން ރައްޔިތުން މަޖިލީހަށް ބިލްތައް ހުށަހެޅުމުން، މަޖިލިސް ރައީސް ޤާސިމް އިބްރާހީމް އެ ބިލްތަކަކީ މުހިންމު ބިލްތަކެއް ކަމަށް ދެކިވަޑައިނުގެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް އިތުރުވަމުން އަންނަ ކަމަށާއި އެ އަމަލު ހިންގާފައި ފިލާ މީހުންތައް ނުހޯދެންޏާ ސަރުކާރެއްގެ ބޭނުމެއް ނޯންނާނެ ކަމަށެވެ. އަދި އެޖެންޑާ 19 މެދުވެރިކޮށް ރައްޔިތުން ބޭނުންވާ އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި މީދޫގެ މަގުތައް ނިންމައިދޭނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީ އަދި ރައީސް ސޯލިހް ވެސް ތާއީދު ކުރައްވާ ކެންޑިޑޭޓަކީ އާދަމް ޝިހާމް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރ އަތޮޅަށް އެމްޑީޕީގެ ފަރާތުން ފެށި މި ކެމްޕޭން ދަތުރުތައް ނިންމާލާފައިވާއިރު ޖުމްލަ 8 ރަށަށް ވަނީ ގޮސްފައެވެ.

 

- ކޮމެންޓް
21 މާރޗް 2019 | ބުރާސްފަތި 08:19
އިބޫ ސަލީމް
އިންސާފު ގާއިމު ކުރުމުގެ ވާހަކ ނުދައްކާ ...އިންސާފު ލިބެނީ އަދި ލިބޭނީ ވެސް ވަކިބަޔކައް ކަން މިއަދު ވަނީ ަށަވަރު ވެފައި..އިންސާފޭ ކިޔައިގެން ނަޝިދު އަކީ ވެސް ވާހަކ ދެއްކެ ފެންވަރު މީހެއްނޫން..
20 މާރޗް 2019 | ބުދަ 12:59
beybe
mugh'nee genesis aniyaakurikamah meehakubumaairah ginakamun HISAANU Hudhu kaafoorah kudakudhinge massala thakugai jalugai thibimeehunge therein INSAANAKAH vee hamaekani hoara ibbe innsaafu gaaimukureveynee mihaavarah