Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 14:55
ނަޝީދު މާކުރަތުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ
ނަޝީދު މާކުރަތުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ
އެމްޑީޕީ
ރައްޔިތުންގެ މަޖިލިސް 2019
އެގްރި ވިޔަފާރީތަކަށް ހަމަ އަގު ލިބިގެންދާނެ: ނަޝީދު
އެގްރި ވިޔަފާރި ކުރާ ފަރާތްތަކަށް ސިއްހީ ހާލަތު ބެލޭނެ ނިޒާމެއް ޤާއިމުކުރެވޭނެ

އެޖެންޑާ 19 މެދުވެރިކޮށް އެގްރި ވިޔަފާރިކުރާ ފަރާތްތަކަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީިހުގެ އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ވަހީދުގެ ކެމްޕެއިން ޖަލްސާގައި އެ ދާއިރާގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ނަޝީދު ވިދާޅުވީ މާކުރަތުގައި ވަޒީފާ ނެތުމުގެ ސަބަބުންނާއި އެހެނިހެން ހިދުމަތް ނެތުމުގެ ސަބަަބުން ރަށް ދޫކޮށް ދިޔަ އާއިލާތައް ގިނަ ކަަމަށާއި އަމާޒަކީ ވަޒީފަތައް އިތުބާރާ އެކު ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ވަޒީފާ މަދުވަނީ ބޭރު މީހުންނަށް ވަޒީފާދީ، އެ މީހުންނަށް ކުޑަ މުސާރަ ދޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާމްދަނީ އިތުރު ކުރެވޭނެ ވަރަށް ގިނަ ގޮތްތައް އެބަހުރިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ދަނޑުވެރިކަމާއި ލަނޑާނެގުމާއި އިހިނެގުން ފަދަ އެގްރި ވިޔަފާރީގެ މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި އެޖެންޑާާ 19 އިން އެ މަސައްކަތްްތައް އެހީތެރިވެ، ސިއްހީ ހާލަތު ބެލޭނެ ނިޒާމެއް ހަމަޖެހި، އެ މަސައްކަތްތަކަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ދިވެހި ރާއްޖެ ހިންގުމުގެ އެންމެ ބޮޑު އެއް ބާރަކީ ރައްޔިތުންގެ މަޖިލީސް ކަމަށާއި އެ ބާރުވެރިކަން ރައްޔިތުން އެމްޑީޕީއަށް ދޭން ޖެހޭނެ ކަމަށެވެ. ވަހީދަކީ އެމްޑީޕީ ބޭނުންވާ ފަދަ ނަމޫނާ މަޖިލިސް މެމްބަރެއް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް