Advertisement
ކ. މާލެ
|
19 މާރޗް 2019 | އަންގާރަ 12:45
މީޑިއާ ކައުންސިލާ ބަހުގެ އެކަޑަމީން ބައްދަލުކުރުން
މީޑިއާ ކައުންސިލާ ބަހުގެ އެކަޑަމީން ބައްދަލުކުރުން
އެމްއެމްސީ
ދިވެހިބަހަށް އަހުލުވެރިވުން
މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގަނީ
މި ޕްރޮގްރާމް ފަށާނީ 14 އޭޕްރީލްގައި
ނަން ހުށައެޅުމުގެ ފުރުސަތު 28 މާރިޗް 2019 އަށް ވަނީ ހުޅުވާލާފައި

މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ދައުލަތުގެ އިދާރާތަކުގެ ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްސަކޮށްގެން ދިވެހި ބަހުުގެ އެކަޑަމީ އާއި، މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ދިވެހި ބަހުގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމައިފިއެވެ. 

ހޯމަ ދުވަހު މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ތަމްރީން ޕްރޮގްރާމްތައް ޚާއްސަކޮށްފައި ވަނީ ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަށާއި، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގައި ޚަބަރާއި މައުލޫމާތު ފެތުރުއްވުމަށް މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށެވެ. 

އޭޕްރީލް 14 ގައި ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްގަގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތަކުން ބައިވެރިވާ ނޫސްވެރިންގެ ނަމާއި، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ބައިވެރިވާ މުވައްޒަފުންގެ ނަން ހުށައެޅުމުގެ ފުރުސަތު 28 މާރޗް 2019 ގެ 1:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އެފަރާތްތަކުގެ ނަމާއި، މަޤާމާއި، ފޯނު ނަންބަރާއި، އީމެއިލް އަދި އައިޑީކާރޑް ކޮޕީއާއެކު ލިއުމަކުން މީޑިއާ ކައުންސިލަށް ހުށައެޅުމަށް އިއުލާނުގައި ބުނެފައިވެއެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް