Advertisement
ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 15:49
ހަވަލި ފެއަރ ފަށާފައިވަނީ 100 އަށްވުރެ ގިނަ ޖަމިއްޔާތަކާއެކުގައި
ހަވަލި ފެއަރ ފަށާފައިވަނީ 100 އަށްވުރެ ގިނަ ޖަމިއްޔާތަކާއެކުގައި
ރާއްޖެއެމްވީ
ހަވަލި ފެއަރ
ހަވަލި ފެއަރ ފަށައިފި
މި ފެއަރ ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
މި ފެއަރ ކުރިއަށްދާނީ މާރޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޮސް 18 ވަނަ ދުވަހަށް ދަރުބާރުގޭގައި

މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ބާއްވާ ހަވަލި ފެއަރ ހޮނިހިރު ދުވަހު ފަށައިފިއެވެ.

މި ފެއަރ ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ފެއަރ ފައްޓަވައި ދެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މަދަނީ ޖަމިއްޔާތަކަށް ބޭނުންވާ ބާރުވެރިކަން މި ސަރުކާރުން ހޯދައިދޭނެ ކަމަށާއި މަދަނީ ޖަމިއްޔާތަކަކީ މުހިންމު ރޯލެއް އަދާކުރާ ބައެއް ކަމަށެވެ.

މި ފެއަރ ކުރިއަށް ދާނީ މާރޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޮސް 18 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ. ފެއަރގެ އެއް ދުވަސް ހާއްސަކުރެވިފައި ވަނީ ބޮޑެތި ވިޔަފާރިތައް ތަމްސީލު ކުރާ ފަރާތްތަކަށެވެ. އަނެއް ދެ ދުވަސް ހާއްސަކުރެވިފައި ވަނީ ސުކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށެވެ.

މިފެއަރގައި 100 އަށް ވުރެ ގިނަ ޖަމްއިއްޔާ ބައިވެރިވެއެވެ. ފެއަރ ކުރިއަށް ދާނީ ކޮންމެ ދުވަހަކު މެންދުރު 1300 އިން 1800 އަށް އަދި 2000 އަކުން 2230 އަށް ދަރުބާރުގޭގައެވެ. ފެއަރގެ ތެރެއިން ހެނދުނާއި މެންދުރުފަހު ތަމްރީނު ޕްރޮގްރާމްތަކާއި، ނެޓްވޯކިންގ ސެޝަންތައް އަދި ކީނޯޓް ސެޝަންތައް ކުރިއަށްދާނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ މި ފެއަރގައި ގިނަ ރަށްތަކުން ބައިވެރިވި ކަމަށާއި ފެއަރއަށް ޖަމިއްޔާތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ފެއަރގައި ބައިވެރިވި ބައެއް ޖަމިއްޔާތަކުން ބުނީ މިކަހަލަ ފެއަރ އަކީ ވަރަށް މުހިންމު ފެއަރއެއް ކަމަށާއި މި ފެއަރގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކާއި ބައްދަލުވެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ފެއަރގެ މައިގަނޑު ތިން މަޤްސަދަކީ މަދަނީ ޖަމްއިއްޔާތައް ހިންގުން ހަރުދަނާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމްއިއްޔާތަކުގެ މަސައްކަތް ފޯކަސް ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ޖަމްއިއްޔާތައް ހިންގުމަށްޓަކައި މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް