Advertisement
ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 08:27
ހިންނަވަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ޖީހާން މަހްމޫދު
ހިންނަވަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ޖީހާން މަހްމޫދު
ސޯޝަލް މީޑިއާ
އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް
ޤަދަރުވެރި ދިރިއުޅުމަކަށް އެމްޑީޕީ އަށް ވޯޓު ދެއްވާ: ޖީހާން
ކުރެންދޫ ދައިރާގެ ކެނޑިޑޭޓު އަބްދުލް ޣަނީވެސް ވާހަކަ ދެއްކެވި
ނައިފަރު ދާއިރާގެ ކެނޑިޑޭޓު މުހައްމަދު ކާރިމް ވެސް ބައިވެރިވަޑައިގެންނެވި

ޤަދަރުވެރި ދިރިއުޅުމެއް ހޯދުމަށް ބޭނުންވާ ނަމަ އެމްޑީޕީއަށް މަޖިލިސް އިންތިހާބުގައި ވޯޓު ދެއްވުމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ. 

ޖީހާންގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ހުކުރު ދުވަހުގެ ރޭ ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، ޤަދަރުވެރި ދިރިއުޅުމަކަށްޓަކައި އެމްޑީޕީގެ ސިޔާސަތުތަކަށް ވޯޓު ދެއްވަންޖެހޭ ކަމަށާއި، އެ ސިޔާސަތުތަކުގެ ދަށުން ހިންނަވަރަށް ދިމާވެފައިވާ ބޯޯހިޔާވަހިކަމާއި، ވަޒީފާގެ ދަތިކަމަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގަތް މި ޖަލްސާގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ، އެރަށުގެ 21 ގެއެއް ނޫން ހުރިހާ ގެއަކަށް ޒިޔާރަތްކުރެއްވިއިރު، އޭގެ ތެރެއިން ހުރިހާ ގެއަކުން ވެސް ވަޒީފާގެ ދަތިކަމުގެ ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. 

" އަޅުގަނޑު މިއަދާ ހިސާބަށް އައިއިރު ހިންނަވަރުގެ 21 ގެއެއް ފިޔަވައި އެހެން ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފިން، ކޮންމެ ގެއަކުންވެސް ވަޒީފާގެ ދަތިކަމުގެ ޝަކުވާ، ވަޒީފާ ނެތުމުން އާއިލާތަކުން އުފުލަންޖެހޭ ބުރަ، ދިިރިއުޅެންޖެހޭ ދަތި ހާލު، ކޮންމެސް މީހެއްގެ އެހީތެރިކަމަށް ބަރޯސާވެ، ޤަދަރުވެރި ދިރިއުޅުމަކުން އެއްކިބާވެގެން ތިބެންޖެހޭކަން ނުލާހިކު ހިތާމަޔާ ލަދުވެތިކަމާ ދެރަ އިހުސާސްކުރާ ހާލު އަޅުގަނޑާ ހިއްސާކުރޭ، ކޮށްފާވަނީ،" ޖީހާން ވިދާޅުވިއެވެ. 

ޖީހާން ވިދާޅުވީ، މިކަންކަމުގެ ހައްލެއްގެ ގޮތުން އެޖެންޑާ 19 މެދުވެރިކޮށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދާނެ ކަމަށާއި، އެންމެ މަދުވެގެން 6000ރ. މަސައްކަތްކުރާ ކޮންމެ މީހަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކި ސިނާއަތްތަކަށް މި އަދަދު ތަފާތުވެގެންދާނެ ކަމަށާއި، މަސްވެރިކަމުގެ ދާއިރާ އިން އެ އަދަދު 8000ރ. އަށް އިތުރުވެގެންދާނެ ކަމަށާއި، ފަތުރުވެރި ކަމުގެ ދާއިރާ އިން 10،000ރ. އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. 

 
ނައިފަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ކަމަށްވާ މުހައްމަދު ކާރިމް

މި ޖަލްސާގައި ނައިފަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ކަމަށްވާ މުހައްމަދު ކާރިމް ވެސް ވާހަކަދައްކަވާފައިވާއިރު، ކާރިމް ވިދާޅުވީ، 2008 ގައި އެމްޑީޕީގެ ވެރިކަން ވައްޓާލުމުން ކުރިމަތިލާން ޖެހުނު ކަންކަން އަލުން ތަކުރާރުވުމަށް އެމްޑީޕީގެ މެމްބަރުންނާއި، އިސްލާހަށް މަސައްކަތް ކުރެއްވި އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށެވެ. 

ކުރެންދޫ ދައިރާގެ އެމްޑީޕީ ކެންޑިޑޭޓު އަބްދުލް ޢަނީ އަބްދުލް

އޭގެ އިތުރުން، ކުރެންދޫ ދައިރާގެ އެމްޑީޕީ ކެންޑިޑޭޓު އަބްދުލް ޢަނީ އަބްދުލް ހަކީމްވެސް ވަނީ މި ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އެގުތުން ޣަނީ ވިދާޅުވީ، މަޖިލިސް 19 ވެގެންދާނީ ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތަކަށް ޤާނޫނީ ބާރު ގެނެސްދޭނެ މަޖިލީހަކަށް ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓުން މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވަރަށް ގާތުުން ކަމަށެވެ. 

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކުރުމަށް ވައުދުވި ކަންތައްތަކުގެ ތެރެއިން ހާސިލްވެފައިވާ ކަންތައްތައް އިއުލާނު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް