Advertisement
ކ. މާލެ
|
15 މާރޗް 2019 | ހުކުރު 17:35
ކޮލަމްބޯގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކޮލަމްބޯގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
އެމްޑީޕީ
އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަންގެ ވައިސް ޗެއަރ ޕާރސަންއަކަށް ހަސަން ލަތީފް ހޮވިވަޑައިގެންފި
މި ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވި

އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަންގެ ވައިސް ޗެއަރޕާރސަންއަކަށް އެމްޑީޕީގެ ޗެެއަރ ޕާރސަން ހަސަން ލަތީފް ހޮވިވަޑައިގެންފިއެވެ.

ހުކުރު ދުވަހު އެމްޑީޕީން ކުރި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނީ ވަކީލުކަންވެސް ކުރައްވާ ހަސަން ލަތީފް އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ސްރީލަންކާގެ ޕްރައިމް މިނިސްޓަރ ރަނިލް ވިކްރަމްސިންހައާ އެކު ކޮލަމްބޯގައި ބޭއްވި ބައްދަލުވުމަކަށްފަހު ކަމަށެވެ. 

މި ބައްދަލުވުމުގައި ރައީސް ނަޝީދާއި، ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމާއި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

ބައްދަލުވުމުގެ ތެރެއިން

އޭގެ އިތުރުން، ޗެއަރ ޕާރސަންގެ މަޤާމަށް ހޮވިވަޑައިގެންނެވީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާއެވެ. 

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެ މަޤާމަށް ހޮވި ވަޑައިގެންނެވީ ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ އިއްތިފާގުން ކަމަށާއި، އެ މަޤާމަކީ އެބޭފުޅާއަށް ލިބިވަޑައިގެންނެވި މަޤާމަކަށްވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް ލިބިވަޑައިގެންނެވި މަޤާމެއް ކަމަށެވެ. އަދި އެމްޑީޕީފަދަ ޑިމޮކްރަޓިކް އުސޫލުތައް ދަމަހައްޓާ ޕާޓީއެއްގެ ފަރާތުން އެ މަޤާމަށް ހޮވިވަޑައިގަތުމަކީ އިންޑިއާ ކަނޑުގެ ޤައުމުުތަކުގެ ކަންކަން ނިންމުމުގައި އެމްޑީޕީގެ ބައިވެރިވުން އިތުރު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން މަޖިލިސް މެދުވެރިކޮށް ސަރުކާރުގެ ކަންކަން ފުއްދުމަށް ވެސް އެހީއަކަށް ވެގެންދާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ޑިމޮކްރަޓިކް ޔޫނިއަން (އައިޑީޔޫ)ގެ މެމްބަރުން ހިމެނޭ އޭޝިއާ ޕެސިފިކް ޑިމޮކްރަޓް ޔޫނިއަންސްއަކީ ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތައް ހިފަހައްޓައި، އެއާ އެއްގޮތަށް ކަންކަން ހިންގުމަށް ޤައުމުތަކުގެ ސިޔާސީ ޕާޓީތައް ހިމަނައިގެން މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް