ކ. މާލެ
|
21 ފެބްރުއަރީ 2017 | އަންގާރަ 04:08
ވިޓާލީ ޗަރކިން
ވިޓާލީ ޗަރކިން
ގޫގުލް
ރަޝިޔާ ސަފީރު އަވަހާރަވުން
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
އެމްބެެސެޑަރގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރު

ރަޝިޔާ އިން ޔުނައިޓެޑް ނޭޝަންސް އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ވިޓާލީ ޗަރކިން ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

ދެހާސްހަ ވަނަ އަހަރުން ފެށިގެން ރަޝިޔާ އިން ޔޫއެންއަށް ކަނޑަައަޅުއްވާފައިވާ އެމްބެސެޑަރގެ މަގާމު އަދާ ކުރައްވަމުން ގެންދެވި ޗަރކިން އަވަހާރަވެފައިވަނީ ނިއު ޔޯކްގަ އެވެ.

އޭނާގެ މަރާއި ބެހޭގޮތުން އަދި އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. ޗަރކިން އަވަހާރަވުމާއި ގުޅިގެން ޔޫއެންގައި ހަމަހިމޭންކަމުގެ ސުކޫތެއްވަނީ ގެނެސްފަ އެވެ.

ރަޝިޔާގެ ޚާރިޖިއްޔާގައި ގިނަ މަގާމްތަކެއް ފުރުއްވި ޗަރކިން ވަނީ މީގެ ކުރިން ބެލްޖިއަމް، ކެނެޑާ، ނޭޓޯ އަދި ވެސްޓަން ޔޫރަޕިއަން ޔޫނިއަނަށް ރަޝިޔާ އިން ކަނޑައަޅުއްވާފައިވާ އެމްބެސެޑަރގެ މަގާމު އަދާކުރައްވާފަ އެވެ.

ޗަރކިން އަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. ދެ ބޭފުޅުންގެ ތެރެއިން އަންހެން ދަރިފުޅު، އަނަސްތާޝިޔާ ޗަރކީނާ އަކީ ރަޝިޔާ ޓުޑޭގެ ރިޕޯޓަރކެވެ.

- ކޮމެންޓް