Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 13:13
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް
މަޖިލިސް އިންތިހާބަށް އެމްޑީޕީން މިހާތަނަށް 4.8 މިލިއަން ރުފިޔާ ހޯދާފައިވޭ: އަފްޝަން
ވަކި ދާއިރާތަކަށް ފަންޑް ރެއިޒް ކުރުމަށް ހަރަކާތްތަކެއް ރާވަމުންދޭ

ކުރިއަށްއޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީން 4.8 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ. 

ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އަފްޝަން ވިދާޅުވީ، އެމްޑީޕީން މިހާރު ވެސް ދަނީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކަށް ފަންޑް ރެއިޒް ކުރަމުން ކަމަށާއި، ސީދާާ ވަކި ބަޖެޓެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީީ އާއި، ފަންޑް ރެއިޒިންގް ހަރަކާތްތަކުން މިހާތަނަށް 4.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވަކި ދާއިރާތަކަށް ފަންޑް ހޯދުމަށް ހަރަކާތްތަކެއް ރާވަމުންދާ ކަަމަށް ވެސް އަފްޝަން ވިދާޅުވިއެވެ. 

" ފަންޑް ރެެއިޒް ކުރުމަށް އަޅުގަނޑުމެން އެބަ ކުރިއަށްގެންދަން ކުރީގަ ވެސް އަޅުގަނޑުމެން ކެމްޕެއިންތަކުގައި ފަންޑް ރެއިސް ކުރާ ގޮތަށް އަޅުގަނޑުމެންގެ ފަންޑް ރެއިސިންގ އަދި ފައިނޭންސް މެނޭޖަރ އެކަމުގަ އެކި ބޭފުޅުންނާ އެޕްރޯޗް ކުރައްވާ އެގޮތަށް ފަންޑް ރެއިސް ކުރައްވަމުން ގެންދަވާނެ، އެކަމަކު އޭގެ އިތުރުން ވީހާވެސް ބޮޑަކަށް ޕަބްލިކް ނޫނީ އާންމުން ޝާމިލުވާ ގޮތަށް ވަރަށް އަވަހަށް ޕްރޮގްރާމެއް ފަށަން އަޅުގަނޑުމެން މިވަނީ ގަސްތުކޮށްފައި، މި ޕްރޮގްރާމްގެ ދަށުން ސީދާ އެ ދާއިރާތަކަށް އެ ދާއިރާތަކުގެ ބޭފުޅުންނަށް ފަންޑް ފޯރުކޮށްދެވޭނެ ނޫނީ ކެމްޕެއިން ހަރަދަށް ފައިސާ ނުވަތަ އެހެނިހެން އެހީ ފޯރުކޮށްދެވޭނެ،" އަފްޝަން ވިދާޅުވިއެވެ. 

އެމްޑީޕީއަށް އެކި ގޮތް ގޮތުން އެހީތެރިކަން ދެއްވާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވަމުން އަފްޝަން އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހެޔޮ އެދޭ ފަރާތްތަކުން ޓީޝާރޓާއި، ފޮއްޗާއި، ކުލައާއި، އޭގެ އިތުރުން ޕްރިންޓް ކުރާ ސާމާނު ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށާއި، ކެމްޕެއިން ހަރަކާތްތައް ފުޅާ ކުރުމަށް ގިނަ ކަންކަން ކުރިއަށް ރޭވިފައިވާ ކަމަށެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބަށް ބޮޑެތި ތައްޔާރީތަކެއް ވަމުންދާއިރު، ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވާވު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ފައްޓަވާފައެވެ. އަދި މާޗު 15 އިން 16 އަށް ޅ. އަތޮޅަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، އެ ދަތުރުފުޅު ވަޑައިގަންނަވަނީ ޕީއެސްއެމްގެ ޅ. އަތޮޅުގެ މަޖިލިސް ބަހުސް އޮންނަ ދުވަހު ކަމަށްވާތީ އާއި، ރައީސްގެ ދަތުރުފުޅުގެ ޝެޑިއުލް ބަދަލު ނުކުރެވޭތީ، ޅ. އަތޮޅު ކެންޑިޑޭޓުން މަޖިލިސް ބަހުސްގައި ބައިވެރިވެނުލައްވާ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ޕީއެސްއެމްއަށް ދެންނެވިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރައްވާތީ ކެންޑިޑޭޓުުން އެ ދާއިރާގައި ތިއްބަވަން އެދިވަޑައިގަންނަވާ ކަމަށާއި އަދި ރައީސްގެ ދަތުރުފުޅުތަކަކީ ވަރަށް ކުރިން ހަމަޖެހިގެން ޝެޑިއުލް ކުރެވިފައިވާ ދަތުރުފުޅުތަކަކަށްވާތީ އެ ބަދަލުކުރަން ވަރަށް ދަތިވާކަން، އެގޮތަށް ކެންޑިޑޭޓުންގެ ބަހުސްގެ ޝެޑިއުލަށް ބަދަލެއް ގެނެވެން ނެތީތީ މި ތިން ކެންޑިޑޭޓުން ވެސް އެދިވަޑައިގަތީ އެ ދާއިރާގަ ތިއްބެވުމަށް، އެހެންކަމުން އެ ތިން ކެންޑިޑޭޓުންނަށް ބަހުސްގައި މި ސަބަބަށްޓަކައި ބައިވެރިވެވަޑައިނުގެންނެވޭ،" އަފްޝަން ވިދާޅުވިއެވެ. 

އޭގެ އިތުރުން، މާޗު މަހުގެ 16 އިން 17 އަށް ރައީސް ސޯލިހު ނ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ފެއްޓެވުމަ ށްވެސް ވަނީ ހަމަޖެހިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް