Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 15:21
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް
މުހައްމަދު ޝަރުހާން
މަޖލިސް 2019
އިންތިހާބުތަކަށް އިއުލާނު ކުރުމުން އެއާ ގުޅުން ހުރި ޤާނޫނުތަކަށް ބަދަލުގެނައުން ހުއްޓާލަންޖެހޭ: އަކްރަމް
އެފަދަ ބަދަލުތައް ގެންނަ ނަމަ އިންތިހާބުތައް ހަރާބު ވެދާނެ ކަމަށް ވިދާޅުވި

އިންތިހާބަށް އިއުލާނު ކުރުމަށް ފަހު އިންތިހާބުތަކާ ގުޅުންހުރި ޤާނޫނުތަކަށް ބަދަލުގެނައުމާ މެދު އިލެކެޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ހޯމަ ދުވަހު އަކުރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބަށް އިއުލާނު ކުރުމަށް ފަހު އިންތިހާބާ ގުޅޭ އެކި ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލުގެނައުން ހުއްޓާލަންޖެހޭ ކަމަށާއި، އެހެން ނޫން ނަމަ އިންތިހާބުތައް ހާރާބުވެދާނެ ކަމަށެވެ. 

އަކުރަމް އެހެން ވިދާޅުވެފައިވާއިރު، ސުޕްރީމް ކޯޓުން ޕްރައިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރެވޭނެ ގޮތް ހަދައި، މި މަހު 4 ވަނަ ދުވަހާ ހަމައަށް އެ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އިލެކްޝަނުން އޭރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. 

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ބަލިވި ފަރާތްތަކުން ވާދަ ނުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެގޮތަށް ވާދަކޮށްފި ނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

އިންތިހާބާ ގާތްވެފައި ވަނިކޮށް ސުޕްރީމް ކޯޓުން އިންތިހާބާ ގުޅޭ ގޮތުން އެފަދަ ހުކުމެއް ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް