Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 23:27
ޑިފެންސް މިނިސްޓަރު އއ. މަތިވެރީގައި
ޑިފެންސް މިނިސްޓަރު އއ. މަތިވެރީގައި
އެމްއެންޑީއެފް
އަލިފާން ނިއްވަން ދަސްކޮށްދިނުން
މަތިވެރީގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހު ކޮށްފި
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ

އެމްއެންޑީއެފްއާއި އއ.މަތިވެރި ކައުންސިލް އިދާރާއާއި ގުޅިގެން އެރަށުގައި ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްއަށް ފަހު "އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އިފްތިތާހު ކޮށްފިއެވެ.

މި ޓީމް އިފްތިހާހު ކޮށްދެއްވުމަށް ބުދަ ދުވަހު  އއ.މަތިވެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެވެ. އޭގެ އިތުރުން، މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތުގެ ޚާއްޞަ ފަރިތަކުރުންތަކެއް ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަނީ ހުށައަޅާފައެވެ. 

ފެބްރުވަރީ 25 އިން ފެށިގެން މާރޗް 6 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެރަށުގެ 23 ފަރާތަކުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމްގެ ބައިވެރިންނަށްވަނީ އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި، އަލިފާން ނިއްވާނޭ ގޮތްތަކާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ދީ އެތަކެތި ބޭނުންކުރާނޭ ގޮތްތައް ދަސްކޮށްދީފައެވެ. މީގެއިތުރުން ފިޒިކަލް ފިޓްނަސް ސެޝަންތައް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޜަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި، އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް