Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 22:28
ފުލުހުން އަތުލައިގަތް ބައެއް ތަކެތި
ފުލުހުން އަތުލައިގަތް ބައެއް ތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަަތައް
ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުކަމަށް ބެލެވޭ ތަކެތި ހިތަދޫން ހޯދައިފި
އެތަކެތި އަތުލާފައިވަނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސަމާނު ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިތަކެތި އަތުލައިގެންފައިވަނީ ހިތަދޫގައި ބަޔަކު ބަނގުރާ އުފައްދަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި، ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ގުޅިގެން އާދިއްތަ ދުވަހުގެރޭ 11:30 ހާއިރު ހިންގި އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ. 

ފުލުހުން އެރަށުގެ ފަޅު ގޭގެ ބަލައިފާސްކޮށް، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ހަތް ހަމާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ހޯދާފައިވާއިރު، މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި، މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް މަސްތުވާތަކެތީގެ 380 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯރޓް ކުރެވިފައެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް