Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 15:24
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
މުހައްމަދު ޝަރުހާން
ޕީޖީ އޮފީސް
މިދިޔަ އަހަރު ދައުވާ ކޮށްފައިވަނީ 100 އަންހެނުންނާއި 2434 ފިރިހެނުންގެ މައްޗަށް: ޕީޖީ
މެޖިސްޓްރޭޓް ކޯޓުތަކަށް ޖުމުލަ 530 މީހަކަށް ދައުވާކުރަން ފޮނުވާފައިވޭ
2004 މީހެއްގެ ދައުވާ ހުށައަޅާފައިވަނީ ސުޕީރިއަރ ކޯޓުތަކަށް

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން މިދިޔަ އަހަރު ދައުވާ ކުރަން ކޯޓުތަކަށް ހުށައަޅާފައިވަނީ ޖުމުލަ 2534 މީހެއްގެ މައްސަލަ ކަމަށް އެ އޮފީހުން ބުނެފިއެވެ. 

ޕީޖީ އޮފީހުން އާންމު ކުރި 2018 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް ބުނާ ގޮތުން މިދިޔަ އަހަރު ޖުމުލަ 2534 މީހުންގެ މައްޗަށް ދައުވާ ކުރަން ކޯޓުތަކަށް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި 100 އަންހެނުންނާއި 2434 ފިރިހެނުން ހިމެނެއެވެ. އެގޮތުން މި އަދަދަކީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 58 އިންސައްތަ މަދު އަދަދެކެވެ. 

ކޯޓުތަކަށް ދައުވާކުރަން ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 2004 މީހެއްގެ ދައުވާ ހުށައަޅާފައި ވަނީ ސުޕީރިއަރ ކޯޓުތަކަށް ކަމަށާއި، އޭގެތެރެއިން އެންމެ ގިނަ މައްސަލަ ހުށައަޅާފައި ވަނީ ކްރިމިނަލް ކޯޓަށް ކަމަށް ވެސް ރިޕޯރޓުގައި ބަޔާން ކޮށްފައިވެއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ޖުމުލަ 530 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ ކ.މާފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. އެއީ 125 މައްސަލައެވެ. 

ފާއިތުވި އަހަރު ކުށުގެ ބާވަތަށް ބަލާއިރު އެންމެ ގިނައިން ދައުވާ ކޮށްފައި ވަނީ ޑައިމޯފިން ބޭނުންކުރުމުގެ ދައުވާއެވެ. ދެވަނައަށް ކެނެބިސް ބޭނުން ކުރުމުގެ މައްސަލަތައް ހިމެނޭއިރު، 3 ވަނައަށް އެންމެ ގިނައިން ދައުވާ ކޮށްފައިިވަނީ ވައްކަމުގެ މައްސަލަތަކާއި ގުޅިގެންނެވެ. 

ފާއިތުވި އަހަރު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަޙުޤީޤީ އެކިއެކި އިދާރާތަކުން ޕީޖީ އޮފީހަށް މައްސަލަތައް ހުށައަޅާފައިވާއިރު، އޭގެތެރެއިން ދައުވާ ކުރުމަށް ނިންމައި ޕީޖީ އޮފީހުންވަނީ ކޯޓުތަކަށް 1790 މީހެއްގެ މައްސަލަ ފޮނުވާފައެވެ. އަދި 87 މީހެއްގެ މައްސަލަ އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން އަނބުރާ ފޮނުވާލާފައިވާއިރު، އެކި ސަބަބުތަކާ ހުރެ 15 މައްސަލައެއް ޕީޖީ އޮފީހުގައި ހިފެހެއްޓިފައިވެއެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަކީ 2008 ވަނަ އަހަރު ތަސްދީޤު ކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން، މުސްތަޤިއްލު އޮފީހެކެވެ. އެގޮތުން އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރާއި، އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ޤާނޫނީ ހައިސިއްޔަތު މި އޮފީހަށް ލިބިގެންވެއެވެ. 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް