Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 13:01
އެމްޑީޕީން މަޖިލިސް 19 އަށް ތައްޔާރުވަނީ
އެމްޑީޕީން މަޖިލިސް 19 އަށް ތައްޔާރުވަނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
އެހެން ފަރާތްތަކުން މަޖިލީހަށް ވަޑައިގަންނަވާ ސަބަބު ރައްޔިތުންނަށް ސާފެއް ނޫން: އެމްޑީޕީ
ސިޔާސަތުތަކެއް ދެއްކީ ހަމައެކަނި އެމްޑީޕީން

އެހެން ސިޔާސީ ޕާރޓީތަކުންނާއި، އަމިއްލަ ފަރާތްތަކުން މަޖިލީހަށް ކުރިމަތިލައްވާ ސަބަބު ސާފު ނުވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ) އިން ބުނެފިއެވެ. 

އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ސިޔާސަތުތަކާއި ވައުދުތަކަކާ އެކު މަޖިލީހަށް ކުރިމަތިލައްވާފައި ވަނީ ހަމައެކަނި އެމްޑީޕީން ކަމަށާއި، އެހެން ފަރާތްތަކުން މަޖިލީހަށް ވަޑައިގަންނަވަން ބޭނުންވާ ސަބަބު ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ. 

"އަޅުގަނޑުމެން ސާފުކޮށްލަން ބޭނުންވޭ އެހެން ޕާރޓީތަކުން އެހެން ފަރާތްތަކުން މަޖިލީހަށް ވަޑައިގަންނަވަނީ ކީއްކުރައްވަން ކަން. އަދިވެސް ސިޔާސަތުތަކެއް ހުށައަޅާފަ، އޯރގަނައިޒްޑް ސިޔާސީ ހަރަކާތްތައް ނޫނީ އިންތިޒާމު ކުރެވިގެން ސިޔާސީ ހަރަކާތެއް މި ހިންގާތަން މި ފެންނަނީ އެމްޑީޕީން. އެމްޑީޕީން އެޖެންޑާ 19 ގެ ދަށުން އަޅުގަނޑުމެން ހުށައަޅާ ކަންތައްތަކުގެ ތެރެއިން ސަރރުކާރުގެ ވައުދުތައް ފުއްދުމާ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޤާނޫނީ ބާރު ހޯދުމަށް މި މަސައްކަތް ކުރަނީ އެމްޑީޕީން،" އަފްޝަން ވިިދާޅުވިއެވެ.  

އަފްޝަން ވިދާޅުވީ، ރައީސްގެ ވައުދުފުޅުތައް ފުއްދުމަަށްޓަކައި މަޖިލީހަށް އެމްޑީޕީގެ މެޖޯރިޓީ ބޭނުންވާކަން ސާފުވެއްޖެ ކަމަށާއި، ކޯލިޝަނެއްގެ ތެރެއިން އައި ސަރުކާރެއްގެ ވައުދުތައް ފުއްދަން، ކޯލިޝަންގެ މެމްބަރުންގެ އެއްބާރުލުން ބޭނުންވި ނަމަވެސް އެކަން ނުވާ ކަމަށެވެ. އަދި، މަޖިލީހަށް ކޯލިޝަންގެ މެޖޯރިޓީ ލިބިފައިވި ނަމަވެސް އެކަމުން ވާ ފައިދާއެއް ނޯންނަ ކަމަށާއި، ރައްޔިތުންނާ ނުހަނު ގުޅުން ހުރި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ފާސްނުވުމަކީ ހިތާމަހުރި ކަމެއް ކަމަށް އަފްޝަން ވަނީ ވިދާޅުވެފައެވެ. 

އަފްޝަން އެހެން ވިދާޅުވެފައިވާއިރު, ރައީސް ސޯލިހުގެ މުހިއްމު ވައުދުފުޅެއް ކަމަށްވާ، ގޮތް ނޭނގޭ މަރުތަކާއި، ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލް ތިން ފަހަރަށް އެޖެންޑާ ކޮށްގެން ވެސް ވޯޓަށް އަހާ މިންވަރަށް މެމްބަރުން ހަމަ ނުވުމުގެ ސަބަބުން އެ ބިލަށް ވޯޓަށް ނާހައި ވަނީ ފަސްކޮށްފައެވެ. އަދި 4 ވަނަ ފަހަރަށް އެޖެންޑާ ކުރުމުން ބިލު ދިރާސާކުރި ކޮމިޓީން ނިންމާފައިނުވާ ކަންތައްތަކެއް އޭގައި ހިމެނޭ ކަމަށް ބުނެ އެ ބިލް އަނބުރާ ވަނީ ކޮމިޓީއަށް ފޮނުވާލާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 މާރޗް 2019 | އާދީއްތަ 15:06
މަރިޔަމް
ކަލޭ ތިއުޅެނީ ޑިކްޓޭޓާޝިޕެއް ގެންނަންތަ؟ .ޑިމޮކްރެސީ އެއްގެ އެއްމެ މުހިންމު އެއްއަސާސަކީ ތަފާތު ހިޔާލުތަކަށް ޖާގަދިނުން