Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 07:22
ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވަނީ
ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވަނީ
ހެލްތު މިނިސްޓްރީ
ހެލްތް ސަމިޓް
ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރާއެކު މަޝްވަރާކުރައްވައިފި
ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވޭ
ދުނިޔޭގެ 49 ޤައުމަކުން މި ސަމިޓްގައި ބައިވެރިވި

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސްއާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޝްވަރާ ކުރައްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ބޭއްވި ހެލްތް ސަމިޓް ކުރިއަށް ގެންގޮސްފައިވަނީ މާރޗް 2 އަކުން 3 އަކަށް އެ ޤައުމުގެ ވެރިރަށް ރިއާދުގައެވެ.

މި ސަމިޓްގައި މިނިސްޓަރު ޓެޑްރޮސްއާއި އަމީން ބައްދަލުކުރައްވާ ކުރެވުނު މަޝްވަރާތަކަކީ ޖަޒީރާ ޤައުމުތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި އަމަލު ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުންނެވެ. އެގޮތުން ސިއްހީ ފަރުވާ ހޯދުމަށްޓަކައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ސިއްހީ ފަރުވާދޭނެ މަތީ ފެންވަރުގެ މީހުން ހޯދުމުގެ އިތުރުން މީހުން ތަމްރީން ކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

މި ސަމިޓުގައި މި އަހަރު ދުނިޔޭގެ 49 ޤައުމަކުން ބައިވެރިވެފައިވާއިރު މި ސަމިޓަކީ ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ގައުމުތައް އަހުލުވެރިކުރުވައި، އެކަމާ ގުޅިގެން ޤައުމުތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، އެހީ ބޭނުންވާ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މީގެ އިތުރުން މި ސަމިޓްގައި ސިއްހަތާ ބެހޭ 31 ވަޒީރުންނާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިންގެ އިތުރުން އެހީދޭ ޖަމިއްޔާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް