ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 10:40
ހުޅުމާލެ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޓަވަރުތައް
ހުޅުމާލެ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޓަވަރުތައް
ޓްވިޓަރ
އިމާރާތަކުން ވެއްޓި މަރުވުން
ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ
މަރުވީ ޗައިނާ މީހެއް

ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި ޗައިނާ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން ހަދަމުންދިޔަ ހަ ވަނަ ޓަވަރުގެ އިމާރާތަކުން ވެއްޓި މަރުވީ ޗައިނާ މީހެއް ކަމަށެވެ. ފުލުހުން ބުނީ އެ މީހާ ވެއްޓުނީ ނުވަ ވަނަ ފަންގިފިލާއިން ދެ ވަނަ ފަންގިފިލާއަށް ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ ހޮނިހިރު ދުވަހު 8:29 ގައި ކަމަށެވެ.

މި ހާދިސާ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފްލެޓްތަކަކީ 25 ބުރީގެ ޓަވަރުތަކެކެވެ. އެތަން ތަރައްގީކުރަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. 

- ކޮމެންޓް