Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 10:22
ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
ކޯލިޝަނަށްވެސް ވަރަށް ބޮޑަށް ފާޑުކިއުއްވި

އިލެކްޝަންސް ކޮމިޝަން އުވާލައި އިންތިހާބާ ބެހޭ ކަންކަން ފަނޑިޔާރުންނާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށައެޅުއްވި ބިލަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ކޮންމެ ނިންމުމެއް ފަނޑިޔާރުގެއިން ބަދަލުކުރާ ކަމަށާއި، އެކަމުގެ ސަބަބުން މަޖިލީހުން ޤާނޫނެއް ހަދަން ވެސް ބޭނުންނުވާ ކަމަށެވެ. 

"ކުރާ ކޮންމެ ކަމެއް ފަނޑިޔާރުގެއިން ބަދަލުކޮށްލަނީ، މިތަނުން ޤާނޫނެއް ހަދާކަށް ބޭނުމެއް ނުވޭ މިހާރަކު، އިލެކްޝަންސް ކޮމިޝަން އުވާލައްވާ، އިލެކްޝަންސް ކޮމިޝަން އުވާލައްވާފަ ފަނޑިޔާރުގެ ޤާނޫނަށް ލާ އިންތިހާބުގެ ކަންކަން ބައްލަވާނީ ފަނޑިޔާރުގެއިންނޭ، މާ ފަސޭހަ ވާނެ އެކަން ކުރީމަ އިއްޒަތްތެރި ރައީސް، އެހެންވީމަ އެވާހަކަ މި ދައްކަނީ، މީ 87 މެމްބަރުން ތިބޭ ތަނެއް، އެކަމަކު 4 ފަނޑިޔާރުން ކަމެއް ނިންމީމަވެސް އަޅުގަނޑުމެންނަށް ނުކެރޭ އަނގައިން ބުނެލަން، އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް އަޅުގަނޑު ބޭނުން އިސްލާހެއް ހުށައަޅަން. މީގެ ފަހުން ދިވެހިރާއްޖޭގެ އިންތިހާބާ ބެހޭ ކަންތައްތައް ކުރިޔަށް ގެންދާނީ ސުޕްރީމް ކޯޓުންނޭ، ނިމުނީއެއް ނޫންތޯ އެކަން" މޫސަ ވިދާޅުވިއެވެ. 

މޫސަ މިހެން ވިދާޅުވިއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުން ދަނިކޮށް ސުޕްރީމް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ބާތިލްކަމަށާއި،  އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ފެބްރުއަރީ 2019 | ބުދަ 05:41
ބޯބުޅި
87 މެންބަރު ތީދެން ކޮންބައެ އަގަނުތަޅަ 84 ހާސްރުފިޔާ ދަމާގަނެގެންތިބޭ ތީޤައުމުގެހަލާކު ހިވާކަހަލަ މައިންބަފައިންގެ ތަރިކަމުދާތަ ހަޔާކޮބާ ތިމާމެންވަރުބަޔަކުނެތގެންތިއުޅެނި/..