Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 19:33
ވީވަރު ދޯނީގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ވީވަރު ދޯނީގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އިމިގްރޭޝަން
ވީވަރު ދޯނި
ދިވެހި މަސްދޯނީގައި ތިބި ބިދޭސީން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ވީވަރު މަސްދޯނީގައި 12 މީހުން ތިބި
އިމިގްރޭޝަނުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން

ޤަވާއިދާ ހިލާފަށް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަތް ދިވެހި މަސްދޯނީގައި ތިބި ބިދޭސީން ފުރުވާލުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ދޯނީގައި ތިބި ބަންގްލަދޭޝްގެ އަށް ރައްޔިތަކު ފުރުވާލުމަށްޓަކައި އެމްއެންޑީއެފުން އިމިގްރޭޝަނާ ހޯމަ ދުވަހު ހަވާލުކޮށްފައިވާ ކަމަށާއި ދޯނީގައި ތިބި ދެ ބިދޭސީންނަކީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ފަރާތްތައް ކަމަށެވެ. އަދި "ވީވަރު" މި ދޯނީގައި ތިބި އަނެއް ހަ ބިދޭސީންނަކީ އިމިގްރޭޝަންގެ ޤާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން ކަމަށް ބަޔާނުގައި ވެއެވެ.

އިމިގްރޭޝަނުން މިހާރު މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާއިރު މި މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ޒިންމާދާރު ކުރުވާ، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީން މަސް ދޯނިތަކުގައި މަސައްކަތް ކުރާ ކަމަށް ބަޔާނުގައި އިތުރަށް ފާހަގަކޮށްފައި ވެއެވެ. އަދި އެކަމަކީ ވެސް އިމިގްރޭޝަންގެ ޤާނޫނާ ހިލާފު ކަމަކަށް ވާތީ އެކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނި ފަހަރު އަވަށްޓެރި އެހެން ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުމަށާއި އުޅަނދު ފަހަރު އަމަލުކުރުމަށް ހަދާފައިވާ ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް