Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 10:39
ަބަންޑުން ޖަހާލި
ަބަންޑުން ޖަހާލި
އެމްއެންޑީއެފް
ދޯންޏެއް ބަނޑުން ޖަހާލުން
ވެލި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިފި
އެ ދޯނިން ދަތުރުކުރީ 7 މީހުން

ވެލި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރި "ކުރިމަގު" ނަމަކަށްކިޔާ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ. 

އެ ދޯޯނި ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވެފައިވާއިރު، ދިވެއްސަކާއި 6 ބިދޭސީން އެ ދޯނިން ދަތުރުކުރި ކަމަށާއި، މާލޭ ހުޅަނގު ބަނދަރާއި ދިމާލު ބޭރުން ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ އަންގާރަ ދުވަހު ހެނދުނު 08:45 ހާއިރު ކަމަށެވެ.

އަންގާރަ ދުވަހު ބަންޑުން ޖަހާލި ދޯނި

އެ ހާދިސާގެ ޚަބަރު އެމްއެންޑީއެފަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ. 

ޒަހަމްވި ބިދޭސީ މީހާއަށް ފަރުވާދެނީ

އަދި މި ހާދިސާގައި ދޯނިން ދަތުރުކުރި ބިދޭސީއެއްގެ ފަައިގެ ކަށިމަތި ޒަހަމްވެގެން ފަރުވާދީފައިވާއިރު އިތުރު މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި، ދޯނީގައި ތިބި މީހުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް