ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 15:22
ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން މޮބުމުގެ ޙަމަލާގެ މޭސްތިރީގެ ގޮތުގައި އެމެރިކާއިން ތުހުމަތުކުރިކޮށް ޖަލަށްލާފައި ހުރި އުމަރު އަބްދުއް ރަހުމާނު
ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން މޮބުމުގެ ޙަމަލާގެ މޭސްތިރީގެ ގޮތުގައި އެމެރިކާއިން ތުހުމަތުކުރިކޮށް ޖަލަށްލާފައި ހުރި އުމަރު އަބްދުއް ރަހުމާނު
ގޫގުލް
ނިއުޔޯކަށް ދިން ހަމަލާ
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
މަރުވީ ގުދުރަތީ މަރަކުން
ޝޭޚް އުމަރުގެ މައްޗަށް ކޮށްފައިވަ ތުހުމަތުތައް އާއިލާއިން ދޮގުކުރޭ

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ބުމުގެ ޙަމަލާގެ މޭސްތިރީގެ ގޮތުގައި އެމެރިކާއިން ތުހުމަތުކުރިކޮށް ޖަލަށްލަފައި ހުރި އުމަރު އަބްދުއް ރަހުމާނު ޖަލުގައި މަރުވެއްޖެ ކަމަށް އާއިލާއިން ބުނެފިއެވެ.

 

އެމރިކާގެ ނިއުޔޯކްގެ މިސްކިތްތަކުގައި ދީނީ ފަތުވާ ދިނުމުގައި މަޝްހޫރު ލޯފަން ޝޭޚެއްގެ ގޮތުގައި ގިނަ ބަޔަކަށް ފާހަގަކުރެވިފައިވާ އުމަރު އަބްދުއްރަހްމާނުގެ މައްޗަށް 1993 ވަނަ އަހަރު ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން މޮބުމުގެ ޙަމަލާގެ އިތުރުން ނިއުޔޯކްގެ އެކި ހިސާބުތަކުގައި ބޮންގޮއްވަން އުޅުމުގެ ތުހުމަތުކޮށްފައިވެއެވެ.

 

އުމުރުން 78 އަހަރުގައި ނޯތު ކެރޮލައިނާގެ ޖަލެއްގައި އުމަރު މަރުވިއިރު، އޭނާ ގެންދިޔައީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންނެވެ. އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް ނޯތު ކެރޮލައިނާގެ ޖަލުތަކާއިބެހޭ އިދާރާއިން ބުނެއެވެ.

 

ޖަލު ހުކުމް ތަންފީޒް ކުރަމުން ގެންދިޔައިރު، އުމަރު ވަނީ ހަކުރު ބައްޔަށް ދާއިމީ ގޮތެއްގައި ފަރުވާ ހޯދާފައި ކަމަށް ޖަލުތަކާއިބެހޭ އިދާރާއިން ބުނެއެވެ. އަދި ލޭ ދައުރުކޮށްދޭ މައި ނާރުތައް ރަނގަޅަށް މަސައްކަތް ނުކުރާތީވެސް ފަރުވާ ހޯދަމުންދިޔަ ކަމަށް ޖަލުތަކާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

 

މިސްރުގައި ދިރިއުޅެމުންދާ އުމަރުގެ އަބްދުއްރަހުމާނުގެ އާއިލާއަށް އޭނާ މަރުވިކަން އެނގުނީ އެއާއިލާއަށް ލިބުނު ފޯނުކޯލަކުން ކަމަށް އުމަރުގެ ދަރިފުޅު އައްމާރު އާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.  

 

އުމަރުގެ އެހެން ދަރިއެއް ކަމަށް އަބުދުﷲ ވަނީ އޭނާގެ ބައްޕަގެ މައްޗަށް އެމެރިކާއިން ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ. އުމަރު އަބްދުއްރަހްމާނުގެ މަރުގެ ޒިންމާ އެމެރިކާއިން އުފުލަންޖެހޭ ކަމަށް އަބްދުﷲ ބުނެފައިވެއެވެ.

 

ޓްރޭޑް ސެންޓަރަށް ބޮމުގެ ޙަމަލާއާ ނިއުޔޯކުގެ އެކި ހިސާބުތަކަށް ދިން ބިމުގެ ހަމަލާތަކުގެ ޝަރީއަތް އަބްދުއް ރަހުމާނުގެ މައްޗަށް ހިންގާފައިވަނީ ވީޑިއޯ އަދި އޯޑިއޯ ތަކެއްގެ މައްޗަށް ބިނާކޮށެވެ.

 

އެފްބީއައި އަށް ސިއްރު މައުލޫމާތު ހިއްސާކުރި ޝޭޚް އުމަރު އަބްދުއްރަހުމާނުގެ ބޮޑީ ގާޑެއްގެ ފަރާތުން އެފްބީއައިއަށް ދީފައިވާ ވީޑިއޯ ތަކުގައި އުމަރު އަބްދުއްރަހްމާނާއި އޭނާގެ ބައިވެރިން ބޮންހެދުމަށް ބޭނުންކުރާ އާލާތާއި ޑީސަލްފަދަ ތަކެތި އެއްކޮށްގެން ބޮން ހެދުމުގެ މަސައްކަތްކުރާތަން ފެނެއެވެ.

 

ނުވަ މަސްދުވަހުގެ އަޑުއެހުން ތަކަކަށްފަހު، ޝޭޚް އަބްދުއް ރަހުމާނާއި އޭނާގެ ނުވަ ބައިވެރިންގެ މައްޗަށް އުފުލި 50 ދައުވާއެއްގެ ތެރޭން 48 ދައުވާ ސާބިތުކުރީ 1995 ވަނަ އަހަރުއެވެ.

- ކޮމެންޓް