Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 14:47
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ފޭސްބުކް
ރައްޔިތުންގެ މަޖިލިސް 2019
އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ސުޕްރީމް ކޯޓަށް އިތުރެއް ނުކުރެވޭނެ: ނަޝީދު
ސުޕްރީމް ކޯޓުން ވަނީ އިންތިހާބުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުމަށް ހުކުމްކޮށްފައި

ނަވާރަ ވަނަ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ހޯމަ ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުގެ އަގު ވެއްޓި, ކޯޓުތަކުގެ އިތުބާރު ގެއްލޭ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ކަމަށާއި، 19 ވަނަ މަޖިލިސް އިންތިހާބުގެ މުއްދަތު އިތުރު ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

 

ޕްރައިމަރީ އިން ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހޯމަ ދުވަހު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ބާތިލުކޮށްފައެވެ. އަދި ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ޕްރައިމަރީ އިން ބަލިވި ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 4 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށާއި، ނަމަވެސް އިންތިޚާބު ބޭއްވުމަށް ޝެޑިއުލް ކޮށްފައިވާ ތާރީޚަށް އިންތިޚާބު ބާއްވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ފެބްރުއަރީ 2019 | ހޯމަ 17:43
ލީމަން ޒާހިރު
ކުރީގެ ރައީސް ކަން ކުރި މީހަކަށް ވެސް އިނާޔަށް ނެގޭނީ.. ޕޮލިޓިކަލް މަސަތްކަތް ނުކޮށް އަބުރުވެރިކަމާއެކު ހުންނަހާ ހިނދަކު.. މަޖިލީހަށް ކުރިމަތިލީމަތި ލީމަ، ތިޔަނަގާ އެލަވަންސް އެއް ނުނެގޭނެ.. ދެން ހުއްޓާލާ ދައުލަތުން ފައިސާނަގައިގެން ކެންޕެއިން ކުރުން..
25 ފެބްރުއަރީ 2019 | ހޯމަ 15:55
އަލީ ދިއްދޫ
ޕަޕެޓް ކޮމެޓަށް ބުނެލަން އޮތީ ސްޕްރީމްކޯޓަށް މާއްދާއެއް އުވާލަން ހުށައެޅުމުން ،ހުކުމުކުރީ އިލެކްޝަން ކޮމިޝަނަށް އަލުން އިލެކްޝަނަށް ފޯމު ހުށައެޅުމުގެ މުއްދަތު އިތުރުކުރުމަށް ހުށަ އެޅި މައްސަލާގެ ބޭރުން އިލެކްޝަން ކޮމިޝަނުގެރ މައްޗަށް ފޯމު ހުށައެޅުމުގެ މުއްދަތު އިތުރުކުރުމަށް ހުކުމެއް ނުކުރެވޭނެ އަންނި ބުނީ 100 ގެ ވާހަކައެއް
25 ފެބްރުއަރީ 2019 | ހޯމަ 10:10
ޕަޕެޓް
ސްޕްރިމް ކޯޓްގެ ހުކުމަށް ގޮންޖެހީ އެޔޮއް އަދި ޗެލެންޖް ކުރީ ނިކަން ވިސްނާލަބަ ނިކަމެތި ރައްޔިތަކު މިކަން ކުރިނަމަ