Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 11:17
އޮސްޓްރޭލިއާ އަށް ފުރި ފުލުހުންގެ ޓީމް
އޮސްޓްރޭލިއާ އަށް ފުރި ފުލުހުންގެ ޓީމް
ޕޮލިސް
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނިންގ މަޝްވަރާތައް
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނިންގ މަޝްވަރާތަކަށް ފުލުހުންގެ ވަފުދެއް އޮސްޓްރޭލިއާއަށް ފުރާވަޑައިގެންފި
މި މަހުގެ 25 އިން މާރޗް 1 އަކަށް މި ބައްދަލުވުން ކުރިއަށްދާނީ
ބައްދަލުވުން ކުރިއަށްދާނީ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްއާއެކު

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްއާއި  ދެމެދު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ފުލުހުންގެ ވަފުދެއް އޮސްޓްރޭލިއާއަށް ފުރާވަޑައިގެންފިއެވެ.

އޮސްޓްރޭލިއާގެ ކެންބަރާގައި ކުރިއަށްދާ މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އޮސްޓްރޭލިއާ އަށް ފުރާވަޑައިގެންފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝާކިރާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖުނީ ޝުއައިބާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދާއި، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު އާދިލްގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް  ސުލްޠާން އަޙުމަދު ބިޝާރެވެ.

އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްއާއެކު ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުންތަކުގައި، ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިން އެކްޝަން ޕްލޭން އެކުލަވާލާނެ ގޮތް ދަސްވެ، ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމުގައި ދިމާވާ މައްސަލަތައް އެނގި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންކަން ފާހަގަކުރެވިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 50 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް