Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 15:37
ދާނިޝް އަށް ބަޔަކު ހަމަލާ ދިނުމުން މީހަކު އޭނާ އެތަނުން ދުރަށް ގެންދަނީ
ދާނިޝް އަށް ބަޔަކު ހަމަލާ ދިނުމުން މީހަކު އޭނާ އެތަނުން ދުރަށް ގެންދަނީ
މުހައްމަދު ޝަރުހާން
ރާއްޖެޓީވީގެ ނޫސްވެރިންނަށް ހަމަލާ ދިނުން
ރާއްޖެޓީވީގެ ނޫސްވެރިޔާ ދާނިޝް އަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
ދާނިޝް ބުރަކަށީގައި 3 ފަހަރު ޖަހާފައިވޭ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންތަކެއް ރާއްޖެޓީވީގެ ނޫސްވެރިޔާ ދާނިޝް ނިޒާމަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. 

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރައީސް ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކުރުމާ ގުޅިގެން އެތަނަށް އެއްވި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ރާއްޖެ ޓީވީގެ ނޫސްވެރިޔަކަށް ހަމަލާ ދިން މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ. 

ދާނިޝް އާއި، ރާއްޖެޓީވީގެ ކެމެރާމަން އައިޖީއެމްއެޗް ކާރޑިއެކް ސެންޓަރު ކުރިމަތީގައި ތިއްބައި ޕީޕީއެމްގެ ސަޕޯޓަރންތަކެއް ދާނިޝް ކޮއްޕާލައި، ބުރަކަށީގައި ތިން ފަހަރު ޖަހައި ރާއްޖެޓީވީގެ ކެމެރާއަށް ގެއްލުން ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ދާނިޝް ބުނެފައި ވެއެވެ. 

ރާއްޖެޓީވީ ނޫސްވެރިންނަށް ހުރަސްއެޅުން

މީގެ އިތުރުން އިންޒާރުދީ ހުތުރު ބަހުން ވާހަކަދައްކާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. 

ރާއްޖެޓީވީ ނޫސްވެރިންނަށް އިންޒާރުދެނީ

އައިޖީއެމްއެޗަށް ޔާމީން ގެނައުމާ އެކު، އޭނާގެ ސަޕޯޓަރުންތަކެއް ބުދަ ދުވަހު ވަނީ އައިޖީއެމްއެޗަށް ވަދެގަނެ، އެތަނުގެ ތެރޭގައި އަޑުގަދަކޮށް، ފުލުހުންނާ ޒުވާބުކޮށް، ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުން ހުއްޓުވައި، އެތަނަށް އެއްވި މީހުން ދުރަށް ޖެއްސުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ.

އެދުވަހު ހިނގާދިޔަ ކަންކަމާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގެނައި ވަގުތު އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ވަދެ، ހޮސްޕިޓަލުގެ ''ކާރޑިއޮލޮޖީ ސެންޓަރ''ގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ނުވަނުމަށް ފުލުހުން ތަކުރާރުކޮށް އެންގި ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދައްކާ އަޑުގަދަކޮށް، ގަދަކަމުން ހޮސްޕިޓަލް ތެރެއަށް ވަދެގަތުމަށް އުޅުމުން އެކަން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެފަރ ސްޕްރޭ ބޭނުން ކުރަންޖެހުނު ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 51 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ފެބްރުއަރީ 2019 | ހޯމަ 03:11
ޢަލީ
ރަނގަޅު.. ނޫސްވެރިންނަށް ގޯނާ ކުރާ މީހުންނަށް ބޮޑެތި އަދަބު ދޭންޖެހޭ..