Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 14:04
އަހުމަދު ޝަކީބް
އަހުމަދު ޝަކީބް
ގޫގުލް
ޑީޕީއީ
ޑީޕިއީގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާއި އަނބިކަނބަލުން އެހެން އިދާރާއަކަށް ބަދަލުކޮށްފި
ޝަކީބު ޑީޕީއީގެ ވެރިއަކަށް ހުންނަވާތާ 11 އަހަރުވެއްޖެ

ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބާއި، އެތަނުގެ އިސް މަގާމެއްގައި ހުންނެވި އޭނާގެ އަނބިކަނބަލުން އުމްނިއްޔާ މުސްތަފާ ޑިޕީއިން ވަކިކޮށް އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ދެ އިދާރާއަކަށް ބަދަލުކޮށްފިއެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ޝަކީބު ބަދަލުކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިދާރާއެއް ކަމަށްވާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށެވެ. އަދި ޑީޕީއީގެ އިސް މަޤާމެއްގައި ހުންނެވި އުމްނިއްޔާ ބަދަލުކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޑިޕާޓްމަންޓަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ ދެމަފިރިން އެހެން އިދާރާތަކަށް ބަދަލުކޮށްފައިވާއިރު، ޑީޕީއީގެ މުވައްޒަފުންތަކެއް ވަނީ ޖެނުއަރީ މަހު ޝަކީބްގެ މައްސަލައެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އޭސީސީ އާއި، އެޗްއާރުސީއެމްގެ އިތުރުން ވަޒީފާއާ ބެހޭ ޓްރެބިއުނަލަށް އަށް ވެސް ހުށަހަޅާފައެވެ. މުވައްޒަފުން ބުނެފައި ވަނީ އަނބިކަނބަލުން އުމްނިޔާ މުސްތަފާ އާއި އެހެން މުވައްޒަފުންނާ ދެމެދު ޝަކީބް ތަފާތުކުރުން ގެންގުޅުއްވާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލައިދިނުމަށް އޭސީސީ އިން، ސިވިލް ސާވިސް ކޮމިޝަނަށް ވަނީ ހުށައަޅައިފައެވެ.

ޑީޕީއީގެ ވެރިއަކަށް ޝަކީބް ހުންނަވާތާ 11 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ދެ ބޭފުޅުން ކައިވެނިކުރެއްވީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް