Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 10:53
އެމްޓީސީ ހެޑް އޮފީސް
އެމްޓީސީ ހެޑް އޮފީސް
މުހައްމަދު ޝަރުހާން
ފައިސާ ވަގަށް ނެގުން
އެމްޓީސީސީ އޮފީސް ފަޅާލައި ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި
ގާތްގަނޑަކަށް 80،000 ރުފިޔާ ވަގަށް ނެގި

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ އޮފީހުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމްޓީސީސީ ޓަވަރުގައި ހުންނަ އެމްޓީސީސީ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް އާދިއްތަ ދުވަހުގެ ހެނދުނު 08:18 ހާއިރު ފުލުހުންނަށް ރިޕޯރޓުކޮށްފައިވާ ކަމަށެވެ. 

ވަގަށް ނަގާފައިވާ ފައިސާގެ އަދަދާއި އިތުރު ތަފްސީލުތައް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އިތުރު ތަފްސީލްތައް ލިބުމާއެކު ހާމަކުރާނެކަމަށެވެ.  

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، ގާތްގަނޑަކަށް 80،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، ލެޕްޓޮޮޕެއްވެސް ވަގަށް ނަގާފައިވާ ކަމަށެވެ. 

އެ ހާދިސާގެ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި އެކަން ކޮށްފައިވަނީ އަންގި ލައްވައި، މޫނު ފޮރުވައިގެން ތިބި ބައެއް ކަމަށް ޝާހު ވިދާޅުވިއެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަޙުޤީޤު ކުރަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް