Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 22:02
ރައީސް ސޯލިހް އާއި ސަރުކާރުގެ އިސްވެރިން މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގައި
ރައީސް ސޯލިހް އާއި ސަރުކާރުގެ އިސްވެރިން މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގައި
ރައީސް އޮފީސް
މާދަރީ ބަހުގެ ދުވަސް
ގިނަ ބަޔަކަށް ތާނަ ބްރައިލްގެ ބޭނުން ހިފަން ދަސްކޮށްދިނުމަށް ރައީސް ސޯލިހް ގޮވާލައްވައިފި
ތާނަ ބްރައިލް މިހާރަށްވުރެ ފުޅާކޮށް، ވީހާ ގިނަ ބަޔަކަށް އޭގެ ބޭނުން ހިފަން ދަސްކޮށްދިނުމަށް އަޅުގަނޑު އެދެން

ލޯފަން ކުދީންނަށް ތާނަ އަކުރުން ލިޔެ ކިޔޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި އުފައްދާފައިވާ ތާނަ ބްރެއިލް ބޭނުން ހިފަން ގިނަ ބަޔަކަށް ދަސްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ލޯފަން ކުދީންނަށް ތާނަ އަކުރުން ލިޔެ ކިޔޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި، ތާނަ ބްރެއިލް އީޖާދު ކުރެއްވި، އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލް ޤާދިރަށް ރައީސް ސޯލިހް ވަނީ ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވައިފައެވެ.

"އެއީ ދިވެހިބަހާއި ބަހުގެ އަދަބިއްޔާތު ދިރުވައި އާލާކުރެއްވުމަށްޓަކައި، ދިވެހިބަހަށް، އޭނާ ކޮށްދެއްވި ވަރަށް އަގުހުރި ޚިދުމަތެއް،" މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ތާނަ ބްރެއިލްއަކީ، ދިވެހިބަހުގެ އަދަބިއްޔާތުގެ އެކި ވާދީތަކަށް ޒިޔާރަތްކުރުމަށް، ލޯފަން ކުދީންނަށް ލިބުނު މިސްރާބު ރަނގަޅު ސަވާރީއެއް ކަމަށާއި އޭގެ ސަބަބުން، ދިވެހި ބަހުން ލިޔެފައި ހުންނަ ތަފާތު ލިޔުންތައް ކިޔުމުގެ ފުރުޞަތު އެކުދީންނަށް ވެސް ލިބިގެންދާނެ ކަމަށެވެ.

"ތާނަ ބްރައިލް މިހާރަށްވުރެ ފުޅާކޮށް، ވީހާ ގިނަ ބަޔަކަށް އޭގެ ބޭނުން ހިފަން ދަސްކޮށްދިނުމަށް އަޅުގަނޑު އެދެން. މިއީ ގިންތީގެ ތަފާތުތަކާއި މިންތީގެ ތަފާތަށް ބެލުމެއް ނެތި ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން، މި ސަރުކާރުން ތަރުޙީބު ދޭނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އިންސާނުން މޮށެއުޅޭ ބަހަކީ، އެބައިމީހުންގެ ޙަޟާރަތާއި ތަހުޒީބީ އަރުތަތައް، ފަހުގެ ޖީލުތަކަށް ގެންގޮސްދޭ މައި އުޅަނދު ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ކޮންމެ މުޖްތަމަޢަކާ ލާމެހިފައިވާ، އެތަނެއްގެ ވެހި ބަސްބަހަކީވެސް، ވަރަށް އަގުބޮޑު މާނަވީ ތަރިކައެއް ކަމަށާއި އެ ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އެއިރެއްގައި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި، ކޮންމެ އަހަރަކު މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމަށް ޔުނެސްކޯއިން ކަނޑައެޅީ ވަރަށް މަތިވެރި މަޤްޞަދެއްގައި ކަމަށާއި އެއީ، ވަރަށް ގިނަ މާދަރީ ބަސްތަކާއި ވެހި ބަސްތައް މި ދުނިޔެ ދޫކޮށްފައިވާތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ފެބްރުއަރީ 2019 | ބުރާސްފަތި 18:31
ތީބޭކާރު އަމަލެއް
ކެރަގަދުކޮލުން ބޭރުވީމާ ބޭނުންނުހިފޭބަހެއް ކުރިއެރުމަކީ އަންތަރީސްހިވާވަރުގެ ކަމެއް، ދުނިޔެއިން ބަލަބަ ހުއްޓާ ނެތިދިޔައީ، ގަދިމީ ހައިރޯގލިފްވެސް އެތައްހާސް އަހަރެއްވަންދެން ބޭނުންކޮށްކޮށް ހުޓާފަނާވެދިޔައީ،!