Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 13:48
ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހު
ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހު
ރާއްޖެ އެމްވީ
އެޖެންޑާ 19
އޭރު ވެސް މިހާރު ވެސް އެމްޑީޕީއަށް ފާޑުކިޔާ، އެކަމަކު އެ އަށް ވުރެ ރަނގަޅު ސިޔާސަތެއް ނުދެއްކޭ: އެމްޑީޕީ
2008 ވަނަ އަހަރުގެ މެނިފެސްޓޯ އަށް ވެސް ފާޑުކިޔާފައިވޭ

އިނދިކޮޅު ފަރާތްތަކުން އަބަދުވެސް އެމްޑީޕީއަށް ފާޑުކިޔާ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ސިޔާސަތުުތަކަށް ވުރެ ރަނގަޅު ސިޔާސަތެއް އެ ފަރާތްތަކަށް އަދިވެސް ނުދެއްކޭ ކަމަށް އެ ޕާޓީން ބުނެފިއެވެ. 

ބުރަސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީން 2008 ވަނަ އަހަރު ވެސް ރިޔާސީ އިންތިހާބަށް ނުކުތީ މެނިފެސްޓޯއަކާ އެކުގައި ކަމަށާއި، އޭރު ވެސް އެމްޑީޕީގެ ސިޔާސަތުތަކަށް މީހުން ފާޑުކިޔާ ކަމަށެވެ. ނަމަވެސް ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި އެމްޑީޕީގެ މެނިފެސްޓޯގެ ދަށުން ތައާރަފްކުރި ސިޔާސަތުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް އޭގެ މަންފާ ކުރި ކަމަށް އަފްޝަން ވިދާޅުވިއެވެ. 

"އެ ވައުދުތަކަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވި. ނަމަވެސް އަޅުގަނޑުމެންނަށް ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ އެކަންތައްތައް ތައާރަފްވެ އެކަންތައްތައް ފެށުމުން ރައްޔިތުންނަށް ލިބިިގެންދިޔަ ހިތްހަމަޖެހުން. އެއީ އެމްޑީޕީގެ ވަރަށް ބޮޑު ކާމިޔާބީއެއް. އާސަންދަ ތައާރަފް ކުރެވި، އެކަނިވެރި މައިންގެ އެލަވަންސް ތައާރަފް ކުރެވި، ދުވަސްވީ މައިންގެ އެލަވަންސް ތައާރަފް ކުރެވި، ހަރުދަނާ ޓެކްސް ނިޒާމެއް ޤާއިމުކުރެވި، މިފަދަ އެތައް އެތައް ކަމެއް ތައާރަފް ކުރެވުމުގެ ސަބަބުން ރައްޔިތުންނަށް އޭގެ މަންފާ މިދަނީ މިހާރުވެސް ލިބެމުން،" އަފްޝަން ވިދާޅުވިއެވެ. 

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އަފްޝަން ވިދާޅުވީ، އެމްޑީޕީން މަޖިލިސް 19 އަށް ހުށައަޅާ އެޖެންޑާ 19 އަކީ ރައްޔިތުންގެ ހާލު ވަރަށް ގާތުން ބެލުމަށް ފަހު އެކުލަވާލެއްވި ސިޔާސަތުތަކެއް ކަމަށާއި، އެ ސިޔާސަތުތަކަށް ފާޑު ކިޔުމުގެ ބަދަލުގައި އެ އަށް ވުރެ ރަނގަޅު ސިޔާސަތެއް އެކުލަވާލައި ނެރެދިނުމަށް އެމްޑީޕީން އެދޭ ކަމަށް އަފްޝަން ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މި ފަހަރުގެ އިންތިހާބަށް އެޖެންޑާ 19 ގެ ދަށުން ސިޔާސަތުތަކެއް، ހަރުދަނާ ސިޔާސަތުތަކެއް ހިފައިގެން އަދި މި ކެމްޕެއިން ކުރަނީ އެމްޑީޕީން. އެހެންކަމުން އެމްޑީޕީން މި ހުށައަޅާ ކަންތައްތަކަށް އެ ބޭފުޅުން އެ ވިދާޅުވާ ފާޑު ވިދާޅުވި ނަމަވެސް އަޅުގަނޑުމެން ޤަބޫލު މި ކުރަނީ އަޅުގަނޑުމެން މި ހުށައަޅާ ކަންތައްތަކަކީ އެތައް އަހަރެއް ވަންދެން ރައްޔިތުންގެ އަޑުއަހާ އަދި ކަމާބެހޭ އެތައް ސްޓޭކް ހޯލްޑަރަސްއަކާ މަޝްވަރާކޮށް ވަރަށް ބައިވަރު ފަރާތްތަކެއްގެ ހިޔާލާ އިމްޕުޓާ ހޯދައިގެން އުފައްދާފަހުރި ސިޔާސަތުުތަކެއް، އެހެންކަމުން ފާޑުވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑުމެން ކުރިން ވެސް ދަންނަވާލާފަ އޮންނާނެ، އެ އަށް ވުރެ ރަނގަޅު ސިޔާސަތުތަކެއް ހުށައަޅުއްވާށޭ،" އަފްޝަން ވިދާޅުވިއެވެ.  

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލައި އިނދިކޮޅު ފަރާތްތަކުން ރޭގައި އައިޖީއެމްއެޗު ތެރޭގައި ކުރި މުޒާހަރާއާ ގުޅޭ ގޮޮތުން އަފްޝަން ވިދާޅުވީ، ރައީސްގެ އިސްތިއުފާއަަށް ގޮވާލަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، ހުރިހާ ދާއިރާއަކުންވެސް ތަރައްޤީގެ މަޝްރޫތައް ރައީސް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އާންމުންނާއި ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްތިބި މީހުންނަށް އެތަކެއް އުނދަގޫތަކެއް ކުރިމަތިވާ ގޮތަށް މުޒާހަރާ ކުރުން އެއީ ހިތާމަހުރި ކަމެއް ކަމަށާއި، އެކަން ބަލަން ޖެހޭ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ފެބްރުއަރީ 2019 | ބުރާސްފަތި 14:40
ވަތަން އެދޭގޮތައް
ހެހެހެހެ ... އެންމެ ރަބގަޅު ސިޔާސަތަކީ އިންޑިއާ ގެ ފައިބުދައް ވެއްޓީ މުޅިގައުމު ގެ ހުރިހާ ކަމެއް އިންޑިއާ އިން ކޮންޓްރޯލްކުރުންތޯ.. ޑީޕޯރޓް ކުރެވޭ ކޮންެ ބަންގާޅު މީހެއްގެ ބަދަލުގައި 3 އިންޑިއާ މީހުން އެތެރެ ކުރުމައް އެއްބަސްވުމުގައި އންޑިއާ ބުނިހާ ގޮތަކައް އެއްބަސްވެ ސޮއިކުރުންތަ؟ އިންޑިއާ ގެ ސަފީރަކައް ހުންނަމީހާ ބުނާ ގޮތައް ޚާރިޖީ ސިޔާސަތު ބައްޓަންކުރުންތަ؟
21 ފެބްރުއަރީ 2019 | ބުރާސްފަތި 10:40
ހ މ ޒ
ނިކަމެތި ރައްޔިތު މީހާ ސަސްޕެންޑް ކުރީމާ މުސާރަ ވެސް އެއްވެސް އެލަވަންސެއް ނުލިބޭ. މީދޯ ޖަޒީރާ ވަގު ރާއްޖޭގައި ކަންކަން އޮންނަގޮތް!
21 ފެބްރުއަރީ 2019 | ބުރާސްފަތި 10:31
ހ މ ޒ
ކިހާ ސަޅި. މިހާރު މަސައްކަތް ނުކޮށް މުސާރަ ހިނގާ ގޮތަށް އަދި ވެސް މިނިސްޓަރު މަޤާމުގައި. މީ ޒީރޯ ޓޮލަރެންސް ގެ އާ ވައްތަރެއް. ކެކެކެ. މުނާފިގުކަން ދޯ
21 ފެބްރުއަރީ 2019 | ބުރާސްފަތި 10:31
ހ މ ޒ
ކިހާ ސަޅި. މިހާރު މަސައްކަތް ނުކޮށް މުސާރަ ހިނގާ ގޮތަށް އަދި ވެސް މިނިސްޓަރު މަޤާމުގައި. މީ ޒީރޯ ޓޮލަރެންސް ގެ އާ ވައްތަރެއް. ކެކެކެ. މުނާފިގުކަން ދޯ