ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 14:59
ކޮންގްރެސް ކޯލިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ
ކޮންގްރެސް ކޯލިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ
ހައްވާ މުހައްމަދު
ޕީއެންސީ ކޯލިޝަން
ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
ރައީސް އާއި ނައިބު ރައީސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް އިސްތިއުފާ ދެއްވުމަށް ފަހު ރާއްޖޭގެ ރައީސް ކަމަށް، ޖުމުްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޮންގްރެސް ކޯލިޝަނުން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ، މި ދަނޑިވަޅަކީ ރާއްޖެއަށް އެއްބައިވަންތަކަމުގެ ސަރުކާރެއް ގެންނަން ޖެހޭ ދަނޑިވަޅު ކަމަށާއި އެކަަމަށް އެންމެ ގާބިލް ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށެވެ. 

''މިހާރު އެންމެ ރަނގަޅު ގޮތަކީ އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން. ފައިސަލް ނަސީމާއި ދެ ބޭފުޅުން އެކުގައި އިސްތިއުފާ ދެއްވާފައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަންވީ. މި ސަރުކާރުގެ ރައީސަކަށް އަޅުގަނޑުމެން ތާއިދު ކުރާނީ ، ގާސިމް އިބްރާހިމް ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެން މިހާރު އެބަޖެހޭ މި ރާއްޖެ ހަމަ މަގަށް އަޅުވަން'' އަބްދުއްރަހީމް ވިދާޅުވިއެވެ. 

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި ރައީސަކަށް ގާސިމް ގެންނަން ކޮންގްރެސް ކޯލިޝަންގެ ފުރިހަމަ ތާއިދު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ އަރިހުގައި އިސްކޮށް އުޅުއްވާ އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ހައްޔަރު ކުރިޔަސް އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތައް އެއްވެސް ވަރަކަށް ވަރުބަލި ނުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޔާމިން އަށް ތާއިދުކުރާ މީހުން ވާނީ އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ލިބޭ ހިތްވަރު ދާނީ ދުވަހެއް ދުވަހަށް އިތުރު ވަމުން" ކަމަށް (ޕީއެންސީ)ގެ ވަގުތީ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ. 

 

- ކޮމެންޓް
1 އޯގަސްޓް 2019 | ބުރާސްފަތި 19:40
ބާލައާދަނު
ބައްލަވާ އަދުރޭ. ކަލޭމެން ޤާނޫނު އަސާސީއަށް ގެނައި ބަދަލާގުޅިގެންް ޤާނޫނުއަސާސީން ތަނެއް ނުދޭ އޭނާ ވެރިކަމަށް އަންނާކަށް.
19 ފެބްރުއަރީ 2019 | އަންގާރަ 10:20
މުހަންމަދު ކަލޯ
gaasim ge boa kaalan thiulhenee eynaah enmhaa fitthun dhimaavi iru ay jaha ufaa kuran thibi meehun.