ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 17:06
ލިވިން އެކްސްޕޯ 2019ގެ ތެރެއިން
ލިވިން އެކްސްޕޯ 2019ގެ ތެރެއިން
ޓްވިޓަރ
ލިވިން އެކްސްޕޯ 2019
ލިވިން އެކްސްޕޯއަށް 5،800 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި: ހައިރައިޒް
މި އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 9 އަކުން 11އަށް

ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ ހަތް ވަނަ އެޑިޝަން އަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެކްސްޕޯ ނިމިގެންދިޔައިރު 5،800 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރު މަރިޔަމް މާއިޝާ ވިދާޅުވީ، ތިން ދުވަހަށް ކުރިއަށް ގެންދިޔަ މިފަހަރުގެ އެކްސްޕޯއަށް ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. 

އެގޮތުން މިދިޔަ ހޮނިހިރު، އާދިއްތަ، ހޯމަ މި ތިން ދުވަހު ފެއަރއަށް 5،800 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މާއިޝާ ވިދާޅުވިއެވެ. 

ރިއަލްއެސްޓޭޓް ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ފަރުނީޗަރު ވިއްކާ ކުންފުނިތަކާއި ގެދޮރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކުން ބައިވެރިވާ މިފެއަރއާ ދޭތެރޭ އެފަރާތްތަކުން ހިތްހަމަޖެހޭ ކަމަށާއި މިއީ ކާމިޔާބު ފެއަރއެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ 30 އެގްޒިބިޓަރުން އެކްސްޕޯގައި ބައިވެރިވެފައިވާއިރު މިއީ ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. އެގޮތުން ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ މި ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ ވެސްމެއެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އެކުއާ ވިޓާ ރެސިޑެންސް އާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާއެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހެޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މިއެކްސްޕޯގައި މި އަހަރުގެ ވަރަށް ހާއްސަ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. 

- ކޮމެންޓް