ކ. މާލެ
|
10 ފެބްރުއަރީ 2019 | އާދީއްތަ 17:52
ދިރާގު ހެޑް އޮފީސް
ދިރާގު ހެޑް އޮފީސް
ގޫގުލް
ދިރާގު ހިއްސާ ބެހުން
ދިރާގުން ހިއްސާއަކަށް 11.91ރ. ބަހަން ހުށަހަޅަނީ!
 
ފައިދާގެ ގޮތުގައި 905،160،000 ރުފިޔާ ލިބިފައިވޭ

ނިމިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 11.91ރ. ބެހުމަށް ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހެޅުމަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2018 ވަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 905،160،000 (ނުވަ ސަތޭކަ ފަސް މިލިއަން އެއް ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ބަހަން ހުށަހަޅަން ނިންމާފައެވެ. އެއީ ކުންފުނީގެ ސާފު ފައިދާގެ %100 އެވެ.

ދިރާގުން ބުނީ 2018 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި އިއުލާނުކުރާ 'ބުކް ކްލޯޝަރ ޑޭޓް' ގައި ކުންފުނީގެ ރަޖިސްޓަރގައި ވާ ހިއްސާދާރުންގެ މެދުގައި ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް