ކ އަތޮޅާއި ލ އަތޮޅާއި ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބޭހޭ ގައުމީ އިދާރާ އިން ބުނީ، މި ސަރަހައްދަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރެވެހުމުގެ އިތުރުން ގުގުރާނެ ކަމަށެވެ. މާލެ އަތޮޅާއި ލ އަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފައިވަނީ، ހުކުރު ދުވަހުގެ ހެނދުނު 9:15 އިން ހަވީރު 15:00 އާއި ހަމައަށެވެ.
White alert effective between Kaafu and Laamu atoll. pic.twitter.com/XNbcouDcfK
— Maldives Meteorology (@MetMaldives) February 8, 2019
ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.