ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 15:01
އެމްޓީސީސީއަށް މިނީ ބަހުގެ ޙިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން
އެމްޓީސީސީއަށް މިނީ ބަހުގެ ޙިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖެއެމްވީ
މިނީ ބަހުގެ ޙިދުމަތް
މިނީބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
 
120 ދުވަހުގެ ތެރޭގައި މިނީބަސް ތައާރަފްކުރަންޖެހޭ

މާލެއަށް މިނީބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޚިދުމަތް ދިނުމަށް އެމްޓީސީސީއާ ވާލު ކުރުމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެމްޓީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހްއެވެ.

މި އެއްބަސްވުމުގެ ދަށުން 120 ދުވަހުގެ ތެރޭގައި މާލެއަށް މިނީބަސް ތައާރަފްކޮށް އެ ހިދުމަތް އާންމުނަށް ދޭން ފަށަންވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގައި ސޮއކުރުމަށް ފަހު މިނިސްޓަރު ނަހްލާ ވިދާޅުވީ މާލެއަށް މިނީބަހުގެ ހިދުމަތް ދޭން ފެށުމުން އޭގެ ސަބަބުން އާންމުންނަށް ލުއި ފަސޭހަތަކެއް ވެގެން ދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި ސަރުކާރުގެ އަމާޒަކަށް ވާނީ ޕަބްލިކް ޓްރާންސްޕޯޓް އިތުރަށް ހަރުދަނާކޮށް ދަތުރުފަތުރުގެ ނިޒާމްގައި މިހާރު އާންމުނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުން ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
17%
67%
0%
0%
0%
17%
ކޮމެންޓް