ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 13:45
ހުޅުމާލޭ ވިޔަފާރިވެރިންގެެ ބަނދަރު
ހުޅުމާލޭ ވިޔަފާރިވެރިންގެެ ބަނދަރު
ސަން އޮންލައިން
ހުޅުމާލެ ކަސްޓަމްސް
ހުޅުމާލޭ ކަސްޓަމްސްގެ ޚިދުމަަތުގެ ވަގުތު އިތުރު ކޮށްފި
ކަސްޓަމްސްގެ ހިދުމަތް މިހާރު ހެނދުނު 7:30 އިން މެންދުރުފަހު 16:00 އަށް ލިބޭނެ

ހުޅުމާލެ ކަސްޓަމްސް (ބޮންޑެޑްވެޔަރ ހައުސް)ގެ ހިދުމަތުގެ ވަގުތު އިތުރުކޮށްފި އެވެ. 

މޯލްޑިވްސް ކަސްޓަމްސް ސާރވިސުން ބުނީ، ހުޅުމާލޭ ކަސްޓަމްސްގެ ހިދުމަތް މިހާރު ހެނދުނު 7:30 އިން މެންދުރު ފަހު 16:00 އަށް ލިބޭނެ ކަމަށެވެ. ނަމަވެސް ހުކުރު ދުވަސް ބަންދުވާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. 

ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ފަސޭހައިން ހިދުމަތްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެ ސާރވިސް އިން މަސައްކަތް ކުރަމުން އަންނައިރު، ކަސްޓަމްސްއިން ބުނީ ހިދުމަތްތަކަށް ސިޓީ ހުށަހަޅަންޖެހޭ ޖެހުން ބަދަލުކޮށް ސްޓޭންޑަޑް އެޕްލިކޭޝަން ފޯމެއް ތައާރަފް ކުރުމާ ގުޅޭ މަޝްވަރާތައް ވެސް ފަށާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ކަސްޓަމްސްގެ ބްރޯކަރުންނާއި، ޝިޕިންގް އެޖެންޓުންގެ އިތުރުން އެކި ދާއިރާތަކުން ކަސްޓަމްސްގެ ހިދުމަތް ހޯދާ ފަރާތްތަކުން ވަނީ ބައިވެރިވެފައި ކަމަށް ކަސްޓަމްސިން ބުންޏެވެ. 

މި މަސައްކަތްތަކަކީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކުރުމަށް ކަސްޓަމްސްއިން ކަނޑައެޅި މަސައްކަތްތަކެވެ. 

- ކޮމެންޓް
3 ފެބްރުއަރީ 2019 | އާދީއްތަ 08:53
ކަލޯ އަހުމަދުލް
ތި ވަގުތު ކޮޅު އަދި ކުޑަ . 24 ގަޑި އިރަސް ބަދަލު ކުރަން އެބަ ޖެހޭ. ތިފަދަ ބޮޑެތި ޚިދުމަތް ދޭ ތަން ތަނުގަ.