ކ. މާލެ
|
29 ޖެނުއަރީ 2019 | އަންގާރަ 20:51
އުރީދޫ މޯލްޑިވްސް ބޯޑު ޑައިރެކްޓަރުން
އުރީދޫ މޯލްޑިވްސް ބޯޑު ޑައިރެކްޓަރުން
އުރީދޫ
އުރީދޫ
2018 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ބެހުމަށް އުރީދޫ އިން ނިންމައިފި
ޙިއްޞާއަކަށް 3 ރުފިޔާ 22 ލާރި ބެހުމަށް ހުށަހަޅާނެ

ނިމިދިޔަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް 3 ރުފިޔާ 22 ލާރި ބެހުމަށް ހިއްސާދާރުންނަށް ލަފާދިނުމަށް އުރީދޫ މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރުން ނިންމަވައިފިއެވެ. 

މި ގޮތަށް ނިންމާފައި ވަނީ 29 ޖަނަވަރީ 2019 ވީ އަންގާރަ ދުވަހު ބާއްވާފައިވާ ބޯޑު ބައްދަލުވުމުގައެވެ. 

މިއީ އުރީދޫ މޯލްޑިވްސް ގުރޫޕްގެ 88 އިންސައްތަ ސާފު ފައިދާ ކަމަށާއި ބޯޑުގެ މި ލަފާގެ މަތިން، ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް 3 ރުފިޔާ 22 ލާރި ބެހުމަށް ހިއްސާދާރުން ފާސްކޮށް ނިންމަވައިދިނުމަށް އެދި، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށައަޅާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ 

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް 15 ފެބްރުއަރީ 2019 ގެ ނިޔަލަށް ވެބްސައިޓްގައި އާންމުކޮށް ޝާއިއުކުރާނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ. 

- ކޮމެންޓް