Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 14:58
މަޖިލީހަށް ލަފާދޭ ކޮމިޓީގެ ފުރަތަމަ ޖަލްސާ
މަޖިލީހަށް ލަފާދޭ ކޮމިޓީގެ ފުރަތަމަ ޖަލްސާ
އިލެކްޝަންސް ކޮމިޝަން
މަޖިލީހަށް ލަފާދޭ ކޮމިޓީ
މަޖިލީހަށް ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ކޮމިޓީގެ ޖަލްސާތަކުގެ ކޯރަމަކީ 17
ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ޖަލްސާ ބާއްވާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ބާއްވައިފިއެވެ. 

ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި، ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމުގެ އިތުރުން 12 ފަރާތެއް ތަމްސީލުކުރާ މަންދޫބުން ބައިވެރިވެވަޑައިގެންނެވި ކަމަށް އީސީން ބުންޏެވެ.

ކޮމިޓީގެ ފުރަތަމަ ޖަލްސާއާ ގުޅޭ ގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ މެމްބަރު އަކުރަމް ވިދާޅުވީ، މިއަދުގެ ޖަލްސާގައި ކޮމިޓީ ހިންގައި ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި، ކޮމިޓީގެ ޖަލްސާތައް ބާއްވާނެ ދުވަހަކާއި ކޯރަމް ކަނޑައެޅިގެން ދިޔަ ކަމަށެވެ. 

އެގޮތުން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު 11:00 ގައި ކޮމިޓީގެ ޖަލްސާ ބާއްވަން ހަމަޖެހިފައިިވާ ކަމަށާއި، ޖަލްސާގެ ކޯރަމްއަކީ 17 ކަމަށް އަކުރަމް ވިދާޅުވިއެވެ.

ކޮމިޓީގައި 26 މެމްބަރުން ހިމެނޭ ކަމަށާއި، ކުރިން ވެސް ހިމެނޭ ފަރާތްތަކުގެ އިތުރުން މިފަހަރު ދެ ޖަމިއްޔާއެއް އިތުރަށް ހިމަނާފައިވާނެ ކަމަށް ވެސް އަކުރަމް ވިދާޅުވެފައިވެއެވެ. އެގޮތުން އަންހެނުންނަށް ޚާއްސަ ޖަމިއްޔާއަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ޖަމިއްުޔާއެއްގެ މަންދޫބުން އަލަށް ކޮމިޓީގައި ހިމެނާފައި ވެއެވެ. 

ޖެނުއަރީ 9 ގައި ޝާއިއުކޮށްފައިވާ މަޖިލީހުގެ އިންތިހާބުގެ ޤަވާއިދުގައިވާ ގޮތުން އިންތިހާބަށް ލަފާދޭ ކޮމިޓީގައި ސިޔާސީ ޕާޓީތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، މޯލްޑިވްސް މީޑިއާ ކައުންސިލާއި، ޖަމިއްޔާތަކާއި، ހިއުމަން ރައިޓްސް ކޮމިޝަން ފަދަ 12 ފަރާތެއް ތަމްސީލު ކުރާ މަންދޫބުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 ޖެނުއަރީ 2019 | ހޯމަ 11:51
އައްޑާ
މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން ލަފާދޭ ކޮމިޓީ