Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 12:14
މިނިސްޓްރީ އޮފް ފިނޭންސް
މިނިސްޓްރީ އޮފް ފިނޭންސް
މިހާރު
ފިނޭންސް މިނިސްޓްރީ މާލީ ރިޕޯޓް
މިދިޔަ ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ޚަރަދު އިތުރު
އާމްދަނީއަށްވުރެ ޚަރަދު 4000 މިލިއަން ރުފިޔާ އިތުރު
އެންމެ ގިނަ އާމްދަނީ ލިބުނީ ޓެކްސް ފައިސާއިން
އެންމެ ބޮޑު ޚަރަދެއް ދިޔައީ އިދާރީ ހިންގުމާއި އިންޓްރަސްޓް ކޯސްޓަށް

ފާއިތުވި ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ޚަރަދު އިތުރު ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އާންމުކުރި މާލީ ރިޕޯޓުން ދައްކައިފިއެވެ. 

ދިވެހިރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން އާންމު ކުރުމަށް ނިންމާފައިވާއިރު، މިހަފްތާގައި ދައުލަތަށް އާމްދަނީއާއި އެހީގެ ގޮތުގައި 23،339.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޚަރަދުގެ ގޮތުގައި ހިިނގާފައިވަނީ 27،342.3 މިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. 

އާމްދަނީއަށް ވުރެ މިދިޔަ ހަފްތާގެ ޚަރަދު ގާތްގަނޑަކަށް 4000 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ދައުލަތަށް އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައި ލިބު ފައިސާއާއި، އިމްޕޯރޓް ޑިއުޓީގެ ގޮތުގައި ލިބުނު ފައިސާއިންނެވެ، އަދި އެންމެ ބޮޑު ޚަރަދެއް ގޮސްފައިވަނީ އިންޓްރަސްޓް ކޯސްޓްގެ ގޮތުގައާއި، އިދާރީ ހިންގުމުގެ ޚަރަދުގެ ގޮތުގައެވެ. 

ނިމިދިޔަ ހަފްތާގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި މުސާރައާއި އިނާޔަތްތަކަށް 9529.2 މިލިއަން ރުފިޔާ އަދި އިދާރީ ހިންގުމުގެ ޚަރަދުގެ ގޮތުގައި 8949.7 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައެވެ. 

ފިނޭންސް މިނިސްޓްރީގެ މާލީ ހާލަތު ކޮންމެ ހަފްތާއަކު ވެސް ރައްޔިތުންނަށް އެނގޭނެެހެން ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ މާލީ ހާލަތު ދެނެގަނެވިފައިވާ ކަމަށާއި ބަދަލު ކުރަން ޖެހޭ ކަންކަން ގިނަކަން ރައީސް ފާހަގަ ކުރައްވާފައިވެއެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް