Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 13:17
އެމްޑީޕީން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
އެމްޑީޕީގެ ޓެކްސް އެޖެންޑާ
އެމްޑީޕީގެ ޓެކްސް އެޖެންޑާ: އާމްދަނީ އިން ޓެކްސް ނެގޭނީ މަހަކު 60،000ރ ލިބޭނަމަ
ފަރުދުންގެ އާމްދަނީން ޓެކްސް ނަގަނީ 3.5 އާއި 15 ޕަސެންޓާ ދެމެދު

މަހެއްގެ މައްޗަށް އެންމެ މަދުވެގެން 60،000ރ ލިބޭ މީހުންގެ އަތުން އާމްދަނީ ޓެކްސް ދައްކަން ޖެހޭ ގޮތަށް ބިލް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.  

އަލަށް އިންތިޚާބުކުރާ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ބިލްގައި ބުނެފައިވާ ގޮތުގައި މަހެއްގެ މައްޗަށް 60،000ރ އާއި 100،000ރ ދެމެދުގެ އާމްދަނީއެއް ލިބޭ މީހެއްގެ އަތުން ޓެކްސްގެ ގޮތުގައި ނަގާނީ އާމްދަނީގެ 3.5 ޕަސެންޓެވެ. މަހެއްގެ މައްޗަށް 100،000ރ އާއި 150،000ރ އާދެމެދުގެ އާމްދަނީ ލިބޭ މީހެއްގެ އަތުން އާމްދަނީގެ 6.5 އިންސައްތަ ނެގުމަށް ނިންމާފައިވާއިރު 150،000ރ އާއި 200،000ރ އާދެމެދުގެ އާމްދަނީ ލިބޭ މީހެއްގެ އަތުން ނަގާނީ އާމްދަނީގެ 10 އިންސައްތައެވެ. އަދި 200،000ރ އަށްވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން އާމްދަނީގެ 15 އިންސައްތަ ނެގުމަށް ވަނީ ނިންމާފައެވެ.

ޓެކްސް ނިޒާމު ތައާރަފުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް އޭރު ފަރުދުންގެ އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނު މަޖިލީހުން ފާހެއް ނުކުރެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް