Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 15:30
މ. މަޑުއްވަރީގައި ކުރި އިހުތިޖާޖުގެ ތެރެއިން
މ. މަޑުއްވަރީގައި ކުރި އިހުތިޖާޖުގެ ތެރެއިން
ރާއްޖެއެމްވީ
މ އަތޮޅު ފެރީ
މ އަތޮޅު ފެރީ ހުއްޓިފައި އޮންނަތާ 2 މަސް، ރައްޔިތުން ވަރުގަދަ އިހުތިޖާޖެއްކޮށްފި
އަތޮޅު ކައުންސިލުން ދިޔަ ފަރާތްތައް ބަންދުކުރި
ދެ ގަޑިއިރު މަޝްވަރާ ކޮށްފައިވޭ

މ އަތޮޅު މުލަކުގެ އަތޮޅުފެރީ ހުއްޓިފައި އޮންނަތާ 2 މަސް ވެފައިވާތީ ރައްޔިތުން ނުކުމެ އިހުތިޖާޖުކޮށްފިއެވެ.

އާދިއްތަ ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މ މަޑުއްވަރީ ރައްޔިތަކު ބުނީ، އަތޮޅު ފެރީ ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތްތައް ލިބިގަތުމާއި، ވިޔަފާރީގެ ގުޅުންތަކަށްވެސް އެކަމުގެ ސަބަބުން އަސަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމުގެ ސިޔާސަތުގެ ދަށުން އެ އަތޮޅުގައި ފެރީގެ ނިޒާމު ޤާއިމުކުރުމާއެކު ގިނަ ބަޔަކަށް ލުއިފަސޭހަތައް ލިބިގެންދިޔަ ކަމަށާއި، އެ ޚިދުމަތަށް ރައްޔިތުންވެސް ވަރަށް ބޮޑަށް ހޭނިފައިވާ ކަމަށެވެ. ނަމަވެސް ފެރީގެ ޚިދުމަތް ހުއްޓިފައިވާތާ 2 މަސް ވެފައިވާއިރު އެކަމަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތްތައް ކޮޅެއްގައި ޖެހިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެ މައްސަލަ ހައްލު ކުރުމަށް އަތޮޅު ކައުންސިލުން 3 ބޭފުޅަކު މަޑުއްވަރީ ކައުންސިލަށް ދިއުމުން ރައްޔިތުން ވަނީ ކައުންސިލުން ނުކުމެވޭނީ އެކަމަށް ހައްލެއް ގެނައުމުން ކަމަށް ބުނެ، އެމީހުން ކައުންސިލު ތެރޭގައި ބަންދުކޮށްފައެވެ. އަދި އެގޮތަށް ކަންތައް ކޮށްފައިވަނީ މިހާތަނަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާތީ ކަމަށްވެސް ނަން ހާމަ ނުކުރަން އެދި އެރަށު މީހަކު ބުނެފައިވެއެވެ. 

މ.މަޑުއްވަރީގައި އިހުތިޖާޖު ކުރިއަށްދަނީ 

2 ގަޑިއިރުގެ މަޝްވަރާތަކަށްފަހު އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދެއް މިހާރު ލިބިފައިވާ ކަމަށާއި، އެކަމަށް އަވަސް ހައްލެއް ސަރުކާރުން ގެނެސްދިނުމަކީ މަޑުއްވަރީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެރަށުން ވާހަކަދެއްކި ގިނަ މީހުން ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
27 ޖެނުއަރީ 2019 | އާދީއްތަ 17:39
މިމު
މިކުދިންނޭ ހެޔޮވެރިކަމުގެހައްލު މިފަހަރުވެސް ވާނެ ރީނދޫކުލައިގެ ކުއްޖަކު މެންބަރަކަށް ހޮވޭތޯބަލަން އޭރުން މިޔަންވުރެ ދަތިހާލުގައި އުޅެލަން ލިބޭނެ މިޔޭރައްޔަތުންބޭނުންވާ ގޮތަކީ
27 ޖެނުއަރީ 2019 | އާދީއްތަ 16:55
Boibahthtbi
Thee mulhin dhogu habateh m.atoll councilun maduvvariyah vadaigennevee budget aa behey mauloomaatheh dhinumah.ferry nizaam aa gulheygothun masvaraakuraakah maduvvaree councilah dhaanjeheyne evves kameh noannaane.ferry hingaa kunfungnnakee vermillion kunfuni.maduvvaree meehunge zimmaadhaarukan kuda amalegmee
27 ޖެނުއަރީ 2019 | އާދީއްތަ 16:01
މީހުން
މީމައްސަލައެއްނޫން ދޮންބިލެއް މިއިން ފެރީއަކުން ދަތުރެއް ނުކުރާނެ..