Advertisement
ކ. މާލެ
|
27 ޖެނުއަރީ 2019 | އާދީއްތަ 09:47
ހަސަން ލަތީފް
ހަސަން ލަތީފް
ރާއްޖެއެމްވީ
ކޯލިޝަން އެއްބަސްވުން
ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގެ އެގްރީމަންޓެއްގައި ސޮެއެއް ނުކުރަން: ހަސަން ލަތީފް
ޖޭޕީއާ ވަކިން ސޮއިކޮށްފަ އޮތް އެއްބަސްވުމެއް އޮތީ

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން އެގްރީމަންޓެއްގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. 

އާދިއްތަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ވަރަށް ގިނަ ލިއެކިއުންތަކުގައި ސޮއި ކުރައްވާ ކަމަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވާފަދަ ކޯލިޝަން އެގްރީމަންޓެއްގައި ސޮއިކުރައްވާފައި ނުވާނެ ކަމަށެވެ. 

" އެއްޗެހީގަ ސޮއި ކުރެވިފަ ހުންނާނެ. ކޮށްފަވެސް ހުންނާނެ. އެކަމަކު ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްފައެއް ނޯންނާނެ. ސަރުކާރު ބަހާނެ ގޮތަކަށްވެސް، އަނެއް ކަމެއް ކުރާނެ ގޮތަކަށްވެސް އެ އެއްބަސްވުމެއް އޮންނާނީ ހަމައެކަނި ވަކިވަކިން ޕާޓިތަކާ އެކީގަ. އެއީ ޖުމްހޫރީ ޕާޓިއާ އެމްޑީޕީއާވެސް އޮންނާނެ. އެއްބަސްވުމަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބޭނުންވާ ގޮތް، ހުށައަޅާ ހުށައެޅުން އޮންނާނީ، ދެން އެޔައް އެބޭފުޅުން އެއްބަސްވުމޭ ކިޔާކިޔާ މިހާރު މީހުންނަށް ހީވަނީ އެއީ އެއްބަސްވުމެކޭވެސް. އެއްބަސްވުމެއް ނޫން އެއީ. އެއީ ހުށައެޅުމެއް. " ހަސަން ލަތީފް ވިދާޅުވިއެވެ.   

ހަސަން ލަތީފް އެހެން ވިދާޅުވެފައިވާއިރު، މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީ ކޯލިޝަންގެ އެއްބަސްވުމާއި، ވައުދާއި، އަހުދާއި ހިލާފުވެގެން ކަމަށް ގާސިމް އިބްރާހިމް ވަނީ ވިިދާޅުވެފައެވެ. 

އެމްޑީޕީގެ ޕްރައިމަރީގަ ވާދަކުރައްވާ ކާމިޔާބު ހޯއްދެވި އަދި ކުރިން ވަޒީރުކަންވެސް ކުރައްވާފައިވާ ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީން ހުށައެޅި ހުށައެޅުންތަކުގައި އެމްޑީޕީން ސޮއިކުރައްވާފައިވާނީ އެބޭފުޅާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. 

" އޮނަރަބަލް ޤާސިމް އެތައް ފަހަރަކު އެތައް ގޮތަކަށް އޭރުގަ ދެން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގަ ވިދާޅުވެގެން ދަންނަވައިގެން އެތައް ގޮތެއް ހައްދަވައިގެން އެންމެފަހުން އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރެއްވީ އޭގަ ޖުމްހޫރީ ޕާޓީ އެއްކޮޅުން ސޮއިކޮށްފަ ކެނޑިޑޭޓުންގެ ހައިސިއްޔަތުން އިނިޝިއަލްއެއް ވިޔަސް ޖަހާލަދޭށޭ ވިދާޅުވީމަ، އޭގަ ސޮއި ކުރެއްވީ.އެކަމު އެއީ ގުޅިފައިވާ ޕާޓީތަކުން ވެވުނު އެއްބަސްވުމެއް ނޫން. " ލަތީފް ވިދާޅުވިއެވެ. 

ހަސަން ލަތީފް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ވަކިން އެއްބަސްވުނަތަކެއް އޮތް ހާލަތެއްގައިި ވިޔަސް ކޯލިޝަން ސަރުކާރެއްގައި ހަމައެކަނި އެ އެއބަސްވުމަކަށް ރިއާޔަތްކޮށް ކަންކަން ނުނިންމޭނެ ކަމަށާއި، ސަރުކާރުގެ ކަންކަން ނިންމާނީ ކޯލިޝަންގެ ހުރިހާ ޕާޓީއެއްގެވެސް ؛ލަފަޔާ އިރުޝާދާއެކު ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން ޖޭޕީން ދަނީ އެކަމާއި ދެކޮޅަށް އެމްޑީޕީއަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ޖޭޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރު ކަމަށެވެ.

ނަމަވެސް ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި، އަދާލަތުން ވަނީ ކޯލިޝަން ދެމެހެއްޓުމަށް ގޮވާލާ، އަދި އެ އަޒުމުގައި ތިބި ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
27 ޖެނުއަރީ 2019 | އާދީއްތަ 06:17
އަލީ
އަހަރެންނަށް އިނގޭ އެއްޗަކީ މަޖިލިސް އިންތިހާބުގެ އަލހާނ !؟
27 ޖެނުއަރީ 2019 | އާދީއްތަ 06:15
ހ މ ޒ
އަހަރެންނަށް އިނގޭ އެއްޗަކީ މަޖިލިސް އިންތިހާބުގެ ކުރިން އަދި ތަރައްގީގެ އެއްވެސް ކަމެއް ނުކުރެވޭކަން. ދެން މަޖިލިސް އިނތިހާބު ފަހުން މޑޕ އިން އެހެން ޕާޓީތަކުގެ މިނިސްޓަރުން ސަރުކާރުން ބޭރުކޮށް އަދި ގާސިމްވެސް ކޯލިޝަން ދޫކޮށްދާ ވަރު ކުރާނެ. ނަތީޖާޔަކަށް ވާނީ 5 އަހަރު ނިމޭނީ އެއްކަމެވެސް ނުވެ މުޒާހަރާ އާއި ތިކަހަލަ ބޭކާރު ވާހަކަ ތަކުގައި ވަގުތު ހޭދަކޮށް. އަހަރުމެން ދެކެން ބޭނުންވާ ހުވެފެނަކީ ރައީސް ޔާމީން ގެ 5 އަހަރުގައި ލިބުނު ކުރިއެރުމަށްވުރެ ބޮޑެތި ކުރިއެރުން ތަކެއް،