Advertisement
ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 11:29
އުމްރާއަށް މީހުން ގެންދިއުން
އުމްރާއަށް މީހުން ގެންދިއުން
ރާއްޖެ އެމްވީ
އުމްރާއަށް މީހުން ގެންދިއުން
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
މައުލޫމާތު ދިނުން އޮންނާނީ 31 ޖެނުއަރީ ގައި
ޕްރޮޕޯސަލް ފޮތުގެ އަގަކީ 5000 ރުފިޔާ
ޕްރޮޕޯސަލްތައް ބަލައިގަތުން އޮތީ 5 ފެބްރުއަރީ ގައި

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލައިފިއެވެ. 

ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕްރޮޕޯސަލްއަށް އެދި ހުށައެޅޭނީ "ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ. 

އެ އުސޫލުގެ ފަސްވަނަ މާއްދާގައިވާ ގޮތުން އުމްރާއަށް މީހުން ގެންދިއުމަށް އެދި ހުށައަޅާ ފަރާތަކީ އެ ކުންފުނީގެ މަޤްސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިއުމުގެ ޚިދުމަތް ދިނުން ހިމެނިފައިވާ، 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހެއެވެ. އޭގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ ހުންނަންޖެހޭ ޝަރުތުތަކާއި، ހުއްދައަށް އެދޭއިރު ބޭނުންވާނެ މައުލޫމާތު ތަކުގެ ތަފްސީލާއި، މިނޫންވެސް ޝަރުތުތައް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. 

ޕްރޮޕޯސަލް އެދި ހުށައެޅުމަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކަމަށާއި، ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 05 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައި ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. 

އެކަމަށްއެދި ހުށައަޅާ ޕްރޮޕޯސަލް ފޮތް 27 ޖެނުއަރީ 2019 އިން ފެށިގެން 30 ޖެނުއަރީ 2019 އަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޕްރޮޕޯސަލް ފޮތުގެ އަގަކީ 5000 ރުފިޔާއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް