Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 16:30
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް
އިމިގްރޭޝަން
އިމިގްރޭޝަންގެ ތަފާސް ހިސާބުތައް
އިމިގްރޭޝަންގެ ތަފާސް ހިސާބުތައް އާންމުކޮށްފި
ކޮންމެ ހަފްތާއަކު ތަފާސް ހިސާބު އާންމުކުރަމުންދާނެ
ތަފާސް ހިސާބުތަކުގައި ފެންނަ ހުންނަނީ ކޯޓާތަކަށް އެދޭ ފަރާތްތަކާއި ކޯޓާތައް ދޫކޮށްފައިވާ އަދަދުގެ މައުލޫމާތު
މީގެ އިތުރުން ތަފާސް ހިސާބުތައް މެދުވެރިކޮށް ޕާސްޕޯޓް ހެދުމަށްޓަކައި ފޯމް ހުށަހެޅި ފަރާތްތަކުގެ އަދަދާއި ޕާސްޕޯޓް ދޫކޮށްފައިވާ އަދަދުގެ މައުލޫމާތު ފެންނަ ހުރޭ

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް އާންމުކޮށްފިއެވެ.

އިމިގްރޭޝަން އިން ހުކުރު ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވި ގޮތަށް، އިމިގްރޭޝަން އިން މީގެ ފަހުން ކޮންމެ ހަފްތާއަކު ތަފާސް ހިސާބުތައް އާންމު ކުރަމުންދާނެ ކަމަށެވެ.

ތަފާސް ހިސާބުތައް އިމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބޭއިރު ތަފާސް ހިސާބުތަކުގައި ފެންނަ ހުންނަނީ ކޯޓާތަކަށް އެދޭ ފަރާތްތަކާއި ކޯޓާތައް ދޫކޮށްފައިވާ އަދަދުގެ މައުލޫމާތެވެ. އެގޮތުން މި ހަފްތާގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ ރިސޯޓު އަދި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ގެނައުމަށެވެ. އެ ފަރާތްތަކުން 302 ކޯޓާއަކަށް އެދިފައިވާއިރު އިމިގްރޭޝަންގެ ފަރާތުން ދޫކޮށްފައިވަނީ 174 ކޯޓާއެވެ. ދެވަނަ އަށް އެންމެ ގިނަ ކޯޓާ ދޫކޮށްފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ ތަންތަނުގައި މަސައްކަތް ކުރުމަށް ބިދޭސީން ގެނައުމަށެވެ. އެ ފަރާތްތަކުން 298 ކޯޓާއަކަށް އެދިފައިވާއިރު އިމިގްރޭޝަން އިން ދޫކޮށްފައިވަނީ 84 ކޯޓާއެވެ.

މީގެ އިތުރުން ތަފާސް ހިސާބުތައް މެދުވެރިކޮށް ޕާސްޕޯޓް ހެދުމަށްޓަކައި ފޯމް ހުށަހެޅި ފަރާތްތަކުގެ އަދަދާއި ޕާސްޕޯޓް ދޫކޮށްފައިވާ އަދަދުގެ މައުލޫމާތު ފެންނަ ހުރެއެވެ.

އިމިގްރޭޝަން އިން މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިގްރޭޝަންގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވައި ހަނަފީ ވިދާޅުވީ ކޯޓާ ދޫކުރެވިފައިވާ އުސޫލުން ބޭރުން ކުދި ކެފޭފަދަ ތަންތަނަށް 100 ކޯޓާ ދޫކުރެވިފައި ކަމަށާއި، ގެސްޓްހައުސް ތަކަށް 80 ކޯޓާ ދޫކޮށްފައިވާ ކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓްސް ތަކަށް އުސޫލުން ބޭރުން އެއްތަނަކަށް 3،700 ކޯޓާ ދޫކޮށްފައިވާ ކަމަށެވެ. އަދި އެކޯޓާތައް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް