Advertisement
ކ. މާލެ
|
25 ޖެނުއަރީ 2019 | ހުކުރު 15:28
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
އެންމެ މާތް ޖިހާދަކީ އަމިއްލަ ނަފްސު އިސްލާހު ކުރުމުގެ ޖިހާދު: ޚުތުބާ
އެހެން މީހުންގެ އުނިސިފަތަކުގެ ވާހަކަ ނުދެއްކުމަށް ގޮވާލާފަވޭ
މުޖުތަމައު އިސްލާހު ކުރަން ފެށޭނީ ފަރުދުން އިސްލާހުވާ ހިސާބުން

އިންސާނާ ކުރާ އެންމެ މާތް ޖިހާދަކީ އަމިއްލަ ނަފްސު އިސްލާހު ކުރުމުގެ ޖިހާދު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ޤައުމު އިސްލާހު ވުން އޮތީ ނަފްސު އިސްލާހު ކޮށްގެން" މި މައުޟޫއަށް ބިނާކޮށްފައިވާ މިއަދުގެ ހުތުބާގައި ވަނީ ނަފްސު އިސްލާހު ކުރުމުގެ މުހިއްމު ކަމާއި އޭގެ ސަބަބުން ލިބޭނެ ފައިދާތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ފަރުދުން އަމިއްލައަށް އިސްލާހު ވުމަކީ ދީނާއި ޤައުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"އެއްވެސް ޤައުމެއް އަދި އެއްވެސް މުޖުތަމައެއް، އަދި އެއްވެސް ރަށެއް އަދި އެއްވެސް އަވަށެއް އޭގެ ޒާތުން ގޯސްވެގެން ނުދެއެވެ. ގޯސްވެގެން ދަނީ އެޤައުމަކަށް ނިސްބަތްވާ ނުވަތަ އެރަށެއްގައި އުޅޭ އިންސާނުން ކޮށްއުޅޭ އަމަލުތަކެވެ. އެކަންތައްތަކުގެ ނަތީޖާއިން ހިތްގައިމުކަން ނުވަތަ ހިތްދަތިކަން އެންމެނަށް އިހުސާސްކުރަން ޖެހޭ ގޮތް ވެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.

އިންސާނީ މުޖުތަމައު އިސްލާހު ކުރަން ފެށޭ ހިސާބަކީވެސް ފަރުދުންގެ އަމިއްލަ ނަފްސުތައް އިސްލާހު ކުރަންފަށާ ހިސާބުކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން އާއިލާއާއި، މުޖުތަމައުތަކާއި ޤައުމު ބިނާ ކުރުމުގައިވެސް ވަކި ވަކި ފަރުދުންގެ އަމިއްލަ ނަފްސު އިސްލާހުކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

"އިންސާނީ މުޖުތަމައުތަކާއި މުޅި ޤައުމު އިސްލާހުވެ، އަމާންކަމާއި މިނިވަންކަން ލިބި، ފަރުދުންގެ ގުޅުންތައް ބަދަހިވެ، ތިޔާގިކަމާއި އުފާ ފާގަތިކަން ލިބުން އޮތީ ތިމާމެންގެ އަމިއްލަ ނަފްސުތައް އިސްލާހު ކުރުމުން ކަމުގައިވާހިނދު، މި ޤައުމުގެ ކޮންމެ ފަރުދަކުމެ އަމިއްލަ ހާލާމެދު ، އަދި އަމިއްލަ ނަފްސުގެ އުނިކަމާމެދު ފިކުރުކޮށްލުން ކީއްތޯއެވެ؟ އިސްލާހު ކުރަންޖެހިފައި ހުރި ކިތަންމެ ކަމެއް، އަދި އެކަންކަމުގެ ސަބަބުން މުޅި މުޖުތަމައަށް ކުރަމުންދާ ނޭދެވޭ އަސަރު، އަދި އޭގެ ނަތީޖާއިން ޚުދު ތިމާއަށްލިބޭ އުނިކަމާއި ދެރަކަން އަހަރުމެންނަށް ފެންނާނީ އޭރުންނެވެ،" ޚުތުބާގައި ބުނެފައިވެއެވެ.

އެހެން މީހުންގެ ކިބައިގައި ހުންނަ އުނި ސިފަތަކާއި އައިބުތަކުގެ ވާހަކަ ނުދެއްކުމަށާއި، އެފަދަ ކަންކަމަށް ވަގުތު ބޭކާރު ނުކުރުމަށްވެސް ޚުތުބާގައި ގޮވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް