Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 22:21
ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ
ރައީސުލް ޖުމްހޫރިއްޔާ ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް ބޭފުޅުން ހަމަޖައްސަވައިފި
ކޮމެޓީގައި ފަސް ބޭފުޅުން ތިއްބަވާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ" އަށް 5 ބޭފުޅުން ހަމަޖައްސަވައި އެ ކޮމިޓީގެ ބޭފުޅުންނާއި އެމަނިކުފާނު ބައްދަލުކުރައްވައިފިއެވެ.

ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް ޢައްޔަނުކުރެއްވި ފަސް ބޭފުޅުންނަކީ، މައްޗަންގޯޅި ޑާޗާ ޢަލީ ހާޝިމާއި، މައްޗަންގޯޅި މާދެލި މަޙްމޫދް ރާޟީއާއި، މައްޗަންގޯޅި ކޮށީގޭ ޖުވައިރިޔާ ސަޢީދާއި، ވ. ސިނަމާލެ 4 05-02 އަލްއުސްތާޛާ މަރްޔަމް ރިފްނާއާއި، ގަލޮޅު ކްރީމްގޭ ޒުރުވަތު ޢަބްދުލް މާޖިދުއެވެ.   

ކޮމިޓީއާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކޮމިޓީގެ ލަފާ އެމަނިކުފާނު ބޭނުންފުޅުވަނީ ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އެކިއެކި މައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާމެދު އަޅަންވީ ފިޔަވަޅުތަކާއި، އެ މައްސަލަތަކާމެދު ޢަމަލުކުރަން ފެންނަގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި، ނިމިދިޔަ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ނިންމުމުގައްޔާއި، ސަރުކާރަށް ކުރިމަތިވާ އެ ނޫންވެސް އެހެނިހެން ކަންތައްތަކުގައި އެ ކޮމިޓީގެ ލަފާ ހޯއްދެވުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް