Advertisement
ކ. މާލެ
|
23 ޖެނުއަރީ 2019 | ބުދަ 10:47
ބްރިޖް މެދުވެރިކޮށް މީހުން ދަތުރުކުރަނީ - އެކަކު ހެލްމެޓް އަޅައިގެން
ބްރިޖް މެދުވެރިކޮށް މީހުން ދަތުރުކުރަނީ - އެކަކު ހެލްމެޓް އަޅައިގެން
އަޝްވާ ފަހީމް
ޓްރޯންސްޕޯޓް އޮތޯރިޓީ
ޓްރޯންސްޕޯޓް އޮތޯރިޓީން ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި
އެތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހު އެއޮތޯރިޓީ އަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ
މާރޗް މަހުގެ 10 ވަނަ ދުވަހު ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތައް ހެލްމެޓް އަޅަން މަޖުބޫރު
މި ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާކަންކަމުގެ ތެރޭގައި 5،000 ހެލްމެޓް ބަހަން ވަނީ ނިންމާފައި

ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އެއޮތޯރިޓީ އަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުރަސްކުރާ ދެ ފުރޮޅުލީ އުޅަނދު ތަކުގައި ދަތުރުކުރާ ފަރާތްތައް ހެލްމެޓް ބޭނުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މިދިޔަ އަހަރު އިލްތިމާސްކޮށްފިއެވެ. އަދި މާރޗް މަހުގެ 10 ވަނަ ދުވަހު ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތައް ހެލްމެޓް އަޅަން މަޖުބޫރު ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީގެ މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މާޗް 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅާ ބްރިޖް ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި އެ ބަދަލަކީ އާއްމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާފައި ގެންނެވި ބަދަލެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާކަންކަމުގެ ތެރޭގައި 5،000 ހެލްމެޓް ބަހަން ވަނީ ނިންމާފައެވެ.

ބްރިޖް މަތީގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގަމުންދާއިރު އެ އެކްސިޑެންޓްތަކުގައި ބޮލަށް ލިބޭ އަނިޔާތައް ފާހަގަކޮށްލެވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް