Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 16:41
ޤާނޫނީ ވަކީލު ހުސްނުއްސުއޫދު
ޤާނޫނީ ވަކީލު ހުސްނުއްސުއޫދު
ޓްވިޓަރ
ކްރިމިނަލް ކޯޓު
ސުއޫދުގެ މައްސަލާގައި ސިއްރު އަޑުއެހުމެއް ތާވަލުކުރުމަށް ފަހު ސަބަބެއް ނާންގައި ކެންސަލްކޮށްފި
އަޑުއެހުން އޮންނަ ނަމަ އަންގާނެ ކަމަށް ވިދާޅުވި
ކެންސަލް ކުރި ސަބަބެއް ނާނގާ

ކޯޓުތަކާ ގުޅޭ ގޮތުން ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތައް ބަލަން ކްރިމިނަލް ކޯޓުން ސިއްރު އަޑުއެހުމެއް ތާވަލުކުރުމަށް ފަހު ވަކި ސަބަބެއް ނާނގައި އަޑުއެހުން ކެންސަލްކޮށްފިއެވެ. 

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ސުއޫދު ދެއްކެވި ވާހަކަ ބެލުމަށް ފަސް ގާޒީންގެ ބެންޗެއް އެކުލަވާލައި، އެ މައްސަލައިގެ އިޖުރާއީ އަޑުއެހުން އަންގާރަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޯޓަށް ހާޒިރުވުމުން އެއީ ސިއްރު އަޑުއެހުމެއް ކަމަށް ކްރިމިނަލް ކޯޓުން އެންގުމަށް ފަހު، ފަހުން ވަކި ސަބަބެއް ނާނގައި ކެންސަލްކުރެއްވި ކަމަށް "ރާއްޖެއެމްވީ"އާ ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވިއެވެ. 

"ޝަރީއަތްކުރާ ކޮޓަރިއަށް ވެސް ނުވައްދާ، ވެއިޓިންގގަ ބައިނދާފަ ފަހުން އެންގީ އަޑުއެހުން ކެންސަލް ކުރި ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި ކަމަށާއި، އަޑުއެހުން އޮންނަ ނަމަ ފަހުން އަންގާނެ ކަމަށް. އަޑުއެހުން ކެންސަލް ކުރި ސަބަބެއް ވެސް ނާންގާ،" ސުއޫދު ވިދާޅުވިއެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ރައީސް އޮފީސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.

ކްރިމިނަލް ކޯޓުން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ވަނީ ގޭންގުތަކާ ފަނޑިޔާރުންނާ އޮތް ގުޅުން ހެކިތަކާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ހިއްސާކޮށްފައިވާނެ ކަމަށް ސުއޫދު ވިދާޅުވެފައި ވަނިކޮށެވެ. ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރިން ވަނީ ސުއޫދު ވަރަށް ބޮޑަށް ކުށްވެރިކޮށް ހަރުކަށި ބަޔާނެއް ނެރެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް