ބ. ތުޅާދޫ ވިލުތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ވީޑްގެ ހަތަރު ޕެކެޓު ފެނިއްޖެއެވެ.
މަސްތުވާތަކެތި ފެނިފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 12:00 ޖެހި އިރު އެ ރަށު ވިލު ތެރޭގައި މަސްބާނަން އުޅުނު ޑިންގީއަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާއި މަސްތުވާތަކެތި ފެނުނު ސަރަހައްދު ބެލުމުގެ މަސަތްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. މި ތަކެތީގެ ބަރުދަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފާއިތުވި ތިން އަހަރު 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގެ މުޖުތަމައުއަށް ހުރި ބޮޑު ނުރައްކަލެކެވެ.