Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 08:55
އެލައިޑް އިންޝުއަރަންސުން ތިން ފަރާތަކަށް ސްޓޭޝަނަރީ ހަދިޔާކުރުން
އެލައިޑް އިންޝުއަރަންސުން ތިން ފަރާތަކަށް ސްޓޭޝަނަރީ ހަދިޔާކުރުން
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރަންސް
އެލައިޑް އިންޝުއަރަންސުން ޕްރީ ސްކޫލް ދަރިވަރުންނަށް ސްޓޭޝަނަރީ ހަދިޔާކޮށްފި
އެލައިޑް އިންޝުއަރަންސުން ސްޓޭޝަނަރީޒް ހަދިޔާކޮށްފައިވަނީ ތިން ފަރާތަކަށް
އެހީ ޕްރޮގްރާމް އިތުރަށް ފުޅާކުރަން ވަނީ ނިންމާފައި

ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން އެލައިޑް އިންޝުއަރަންސުން ތިން ފަރާތަކަށް ސްޓޭޝަނަރީ ހަދިޔާކޮށްފިއެވެ.

ޕްރީ ސްކޫލް ދަރިވަރުންނަށް ހަދިޔާކުރި ސްޓެޝަނަރީޒް މި އަހަރު ހަދިޔާކޮށްފައިވަނީ ގަލޮޅު ސްކޫލަށާއި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތީ"ގެ ޕްރީ ސްކޫލް ދަރިވަރުންނަށެވެ. އެތަކެތި އެލައިޑް އިންޝުއަރަންސްގެ ފަރާތުން އެ ތަންތަނާއި ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި އަންޑަރ ރައިޓިންގ މެނޭޖަރ އަހުމަދު ޝާބިގުއެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމާއި އެކު ހުރިހާ ދަރިވަރުންނަށްވެސް އުފާވެރި ފާގަތި އަހަރަކަށް އެދޭ ކަމަށާއި މި އަހަރު ތިން ސުކޫލްގެ ދަރިވަރުންނަށް ފޯރުކޮށްދެވުނު އެހީ ޕްރޮގްރާމް އިތުރަށް ފުޅާކޮށް އަންނަ އަހަރު އިތުރު ސްކޫލްތަކާއި އެހެނިހެން ގްރޭޑްތައްވެސް މިޕްރޮގްރާމުގައި ބައިވެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެލައިޑް އިންޝުއަރަންސަކީ ރައްޔިތުންނާއި ރައްޓެހި ގިނަ ގުނަ އިންޝުއަރަންސް ހިދުމަތްތަކެއް ދޭ ކުންފުންޏެއްގެ އިތުރުން އިޖްތިމާއީ ޒިންމާގެ މަސައްކަތްތައްވެސް ވަރަށް ހަރުދަނާކަމާއި އެކު މެދުކެނޑުމެއްނެތި ހިންގާ ކުންފުންޏެކެވެ. އެގޮތުން އެކުންފުނީގެ އެންމެ ފާހަގަކޮށްލެވޭ، ކާމިޔާބު އިޖްތިމާއީ މަސައްކަތަކީ "ޕްރިމިއަމް ފޯ ގުޑް" ޕްރޮޖެކްޓްގެ ދަށުން ޔޫ.އެން.ޑީ.ޕީ އަދި އުރީދޫ އާއި ގުޅިގެން ރަށު/އަތޮޅު ފެންވަރުގައި ހިންގޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ގާއިމްކުރެވުނު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް