Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 12:27
މޫދުގައި ހިނގާ ހާދިސާތައް އިތުރުވުން
މޫދުގައި ހިނގާ ހާދިސާތައް އިތުރުވުން
އަޝްވާ ފަހީމް
މޫދުގައި ހިނގާ ހާދިސާތައް
މޫދުގައި ހިނގާ ހާދިސާތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
މިއަހަރު 5 ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވޭ
މި ދުވަސްވަރަކީ އޮއިބާރު ދުވަސްވަރެއް

މިފަހަކަށް އައިސް މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. 

ހޯމަ ދުވަހު ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މޫދުގައި ހިނގާ ހާދިސާތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، މޫދަށް އެރިއުޅޭ ފަރާތްތަކުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. 

މިދުވަސްވަރު އިރުވައި މޫސުމުގެ ވަޔާއެކު އޮއިވަރުވެސް ބާރުކަމަށް ފާހަގަކުރެވޭ ކަމަށާއި، ފަތުރުވެރިންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ފަތަން ނުދަންނަ ފަރާތްތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ބަޔާނުގައި އެދިފައިވެއެވެ. 

އޭގެ އިތުރުން ފަތުރުވެރިންނަށް ދިމާވާ ހާދިސާތައް ތަކުރާރުވަމުންދާތީ، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކޮށް، އެފަދަ ހާދިސާތައް މަދު ކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ފަތުރުވެރިންނަށް ދިމާވާ ހާދިސާތައް އިތުރުވެފައިވާއިރު، މިއަހަރު މިހާތަނަށް 5 ފަތުރުވެރިއަކު ވަނީ ގެނބިގެން މަރުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް