Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 11:41
ޕޮލިސް ހެޑްކުއާޓަރސް
ޕޮލިސް ހެޑްކުއާޓަރސް
މުހައްމަދު ޝަރުހާން
ވައްކަން ކުރުން
ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި
ގާތްގަނޑަކަށް 58000 އަށްވުރެ ގިނަ ފައިސާ ވަގަށްނެގި
ގަޑިއަކާއި ފޯނެއްވެސް ގެންގޮސްފައިވޭ

ޖަމާލުއްދީން ސްކޫލު ކައިރީގައި ހުންނަ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާގެ ދޮރެއް ހަލާކުކޮށްލައިގެން ކޮޓަރިއަކަށް ވަދެ ވައްކަން ކޮށްފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވައްކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހު ރޭ 11:53 ހާއިރު ކަމަށާއި، ގިނަ އަދަދެއްގެ ފައިސާ އާއި ދެ ފޯން ވަގަށް ނަގާފައިވާ ކަމަށެވެ. އެ ގޭގެ ކޮޓަރިއެއްގައި އޮތް ވޮލެޓަކުން 1500 ރުފިޔާއާއި، 3500 ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 53،970 ރުފިޔާ) ގެ އިތުރުން ކޮޓަރީގައި ހުރި 3500 ރުފިޔާއާއި، ދެ ފޯނާއި ގަޑިއެއް ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

ތަހްގީގުކުރަމުންދާ މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. 

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އިއްޔެ ހުޅުމާލެއިންވެސް ވަނީ، ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ މީހެއްގެ އަތުން ފޭރިގަނެފައެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ. 

މިއަހަރުގެ މިހާތަނަށް ވައްކަމުގެ 197 މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާއިރު، ފާއިތުވި އަހަރުވެސް ވައްކަމުގެ 3270 މައްސަލަ ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް