Advertisement
ކ. މާލެ
|
21 ޖެނުއަރީ 2019 | ހޯމަ 11:49
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި
މަސްތުވާތަކެއްޗާއެކު ކަނޑުމަތިން 2 މީހަކު ހައްޔަރުކޮށްފި
ރ.ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރޭ
ދެމީހުންނަކީވެސް 18 އަހަރުގެ ދެމީހުން

ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ރ.ހުޅުދުއްފާރަށް ދަތުރުކުރަމުން ދިޔަ 2 މީހަކު ހައްޔަރުކޮށްފިއެވެ. 

ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދެމީހުންނެވެ. 

ފުލުހުން ބުނި ގޮތުގައި ހޯމަ ދުވަހު ފުލުހުން އެ ދެމީހުން ހައްޔަރުކުރީ ރ.ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ ދެ މީހުން ރ.އަތޮޅު ފަޅު ރަށެއް ކައިރިން ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފަައިވެއެވެ. 

މި މައްސަލަ ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުޤީޤުކުރަމުން ނެވެ.

މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 108 މައްސަލައެއް ވަނީ ފުލުހުންނަށް ހުށައެޅިފައެވެ. ފާއިތުވެގެން ދިޔަ ތިން އަހަރު 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް