Advertisement
ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 15:40
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް
ރާއްޖެ އެމްވީ
ފުރާޅުމައްޗަށް ވެއްޓި އަނިޔާވުން
ފުރާޅެއް މައްޗަށް ކުއްޖަކު ވެއްޓި އަނިޔާވެއްޖެ
އެކުއްޖާ ވެއްޓުނީ ގެއެއްގެ 5 ވަނަ ބުުރިން
ޓެރަސްއެއް މަތީގައިވެސް މީހަކު ވެއްޓިފައި އޮވެގެން ހޮސްޕިޓަލަށް ގެންދިޔަ
ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުޤީޤުކުރަމުން

މާލޭ ގެއެއްގެ 5 ވަނަ ފަންގިފިލާއިން އެގޭގެ ކައިރީގައި ހުރި ތަނެއްގެ ފުރާޅެއްގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓި އަނިޔާވެއްޖެއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ފުރާޅު މައްޗަށް ވެއްޓިފައިވަނީ 14 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި، އެހާދިސާ ފުލުހުންނަށް ރިޕޯރޓުކޮށްފައިވަނީ އާދިއްތަ ދުވަހު މެންދުރު 14:06 ހާއިރު ކަމަށެވެ. 

އެކުއްޖާއަށް އައިޖީއެމްއެޗްގެ އެމަރޖެންސީގައި ދަނީ ފަރުވާދެމުންނެވެ. 

މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، ހުޅުމާލޭ ގެއެއްގެ ޓެރަސް މަތީގައި ވެއްޓިފައި އޮތް މީހަކު މިއަދު މެންދުރު 13:10 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުޤީޤުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް